English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މޮރިޝަސް އަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ސޯލިހާއި މޮރިޝަސް ގެ ވަގުތީ ރައީސާއި ބައްދަލުކުރަށްވައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ. މިއީ މޮރިޝަސް ގެ ސަރުކާރުގެ ދައުވަތަކަށް ރައީސް ގެ ދެކަނބަލުންނަށް ކުރަށްވާ ދައުލަތެކެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ޤައުމުގެ ވަގުތީ ރައީސަށް ފާޅުކުރެއްވިއެވެ.