English Edition
Dhivehi Edition

ކުއްލި ޙާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިޤްތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިދިޔަ ހަފްތާޔާ ހަމަޔަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާ ކޮށްފިއެވެ.

ފިނޭސް މިނިސްޓްރީން ނެރުނު މިދިޔަ ހަފްތާގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް 705.6 މިލިއަން ރުފިޔާ ޖަމާ ކުރަން ކަނޑައަޅާފައި ވާއިރު މިހާތަނަށް 570 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފައެވެ.

ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަކީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް މި އަހަރު ޓްރާންސްފާކުރަން ބަޖެޓްކޮށްފައިވަނީ 705.6 މިލިޔަން ރުފިޔާ އެވެ. މި ފަންޑަށް ފައިސާ ނަގަމުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ޙިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.