English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

“ސާހިބާ” ނަމަކަށްކިޔާ މަސް ދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ އެ ދޯނީގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ.

އެމްއެންޑީއެފް އިން ބުނީ، ކ.ގުޅީ ފަޅުގައި އަޅާފައި އޮތް އެ ދޯނިން މޫދަށް ފޭބި މިހާގެއްލިގެން މިހާދިސާ ގެ މައުލޫމާތު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 08:50 ހާއިރު ކަމަށާއި މިހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ.

އެމީހާ މޫދަށް ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުލައިގެ ސޯޓެއް ކަމަށާއި، ރީނދޫ ކުލައިގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަންއާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.