English Edition
Dhivehi Edition

އަވަށްޓެރި އިންޑިޔާގެ މުމްބާއީގައި ހުރި ދުވަސްވީ އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެއެވެ. މަރުވީ މީހުންގެ ތެރޭގައި 2 އަންހެނުންވެސް ހިމެނެއެވެ. އެ އިމާރާތް ވެއްޓި ހަތް މީހުން މަރުވިއިރު 10 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.

މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުނަނީ އިމާރާތުގެ ދަށުގައި ތާށިވެފައި އިތުރު ބައެއް ތިބެދާނެ ކަމަށެވެ. ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގަޔާއި އަނިޔާވި މީހުންނަށް އެހީތެރިވުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި ސަލާމާތީ ފަރާތްތަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

މި ހާދިސާއި ގުޅިގެން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ އިމާރާތް ވެއްޓެން ދިމާވި ސަބަބު ހޯދަމުންނެވެ. ނަމަވެސް އެންމެ އިސްކަމެއް ދީގެން ކުރަނީ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ކަމަށް އެ ސަރަހައްދުގެ ޗީފް މިނިސްޓަރ ވިދާޅުވި އެވެ.

މިހާދިސާ ހިނގާފައި މިވަނީ މުމްބާއި އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން ކުރިމަތިވިތާ ހަފްތާތަކެއް ވިފަހުންނެވެ. ފެންބޮޑުވުމުގެ ހާދިސާގައި 43 މީހުން މަރުވެ ގިނަ ބައެއްގެ ގެދޮރު ހަލާކުވެގެން ދިޔައެވެ. އަދި އެތައް ހާސްބައެއް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައެވެ.

ޓެގު