English Edition
Dhivehi Edition

މިދިޔަ އެޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ބޮމުގެ ހަމަލާދިނީ ޑްރަގް ގޭންގު ތަކުން ކަމަށް އެޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާގެ އޮފީހުން އީއެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ހަމަލާ ދިނީ ބައިނަލްއަގުވާމީ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުންނެވެ.

ސިރިސޭނާ މިހެން ވިދާޅުވިއިރު މީގެ ކުރިން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ ލަންކާއަށް އެ ހަމަލާތައް ދިނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ގުޅިގެން ބޭރުގެ އެހީއާ އެކުގަ އެވެ.

އަވައްޓެރި ސްރީލަންކާ އަށް ދިން ނިރުބަވެރި ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކަށް ވަނީ އެ ހަމަލާތަކުގައި އަނިޔާވެފައެވެ.ލަންކާގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެއްމެންނަކީވެސް ލަންކާގެ ރައްޔިތުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.