English Edition
Dhivehi Edition

ހުޅުމާލޭގައި އިންޑިއާ ކުންފުންޏަކުން ހަދާފައިވާ “ރެނާޓަސް އިތާމުތް” އިން ފްލެޓެއް ގަތުމަށް ފައިސާ ހޯދާފައިވާ ގޮތް ރައްޔަތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ހާމަކުރައްވައިފިއެވެ.

2018 ވަނަ އަހަރު މުއާޒު ފްލެޓެއް ގަތް މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބަލަން ފަށާފައިވާއިރު މިއާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފްލެޓްގަތީ އަމިއްލަ ފައިސާއިން ކަމަށެވެ. މި ގޮތުން މުއާޒް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ހުޅުމާލޭ ރެނާޓަސް އިން އެޕާޓްމަންޓެއް ގަތުމަށް ޑައުން ޕޭމަންޓަށް ބޭނުންވި 583000ރ ގެ ތެރެއިން 450000ރ ދައްކާފައިވާނީ ބޭންކް މެދުވެރިކޮށް އޭނާ އަމިއްލަ ފައިސާއިން ކަމަށެވެ. އަދި ބާކީ 133000ރ ދައްކާފައިވާނީ އޭނާގެ ޕެންޝަން ސްކީމުންކަމަށް މުއާޒް ވިދާޅުވިއެވެ.

މި މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެފްއައިޔޫގެ ސަމާލުކަމަށް އެމައްސަލަ އައިސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޝައްކު ކުރެވޭފަދަ ފައިސާގެ މުއާމަލާތެއްގެ ޓްރާންސެކްޝަން އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީކަމަށް އޭސީސީ އިން ބުނެއެވެ.