English Edition
Dhivehi Edition

އުމުރުން ދުވަސްވީ މީހުންނަށް ދިހަ ހާސް ރުފިޔާ ދިނުމުގެ ގާބިލުކަން ސަރުކާރުގައި ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުން ގެންދާ 5,000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފައެވެ. މިއަދު ވަނީ މި އިސްލާހަށް އިބްތިދާޢީ ބަހުސްވެސް ފަށާފައެވެ.

މެމްބަރު ޖާބިރު ވިދާޅުވީ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދު ބޮޑުކުރަން ހުށަހެޅީ ދިރިއުޅުމުގެ ޚަރަދުތައް މިހާރު އިންތިހާއަށް ބޮޑުވެފައި ވާތީއެވެ. ޖާބިރު އިތުރަށް ވިދާޅުވީ މީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ޤަދަރުވެރިކަމާއި ފުދުންތެރިކަމާއި އުފާވެރިކަމާއި އެކު ދިރިއުޅެވޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިހްވެސް ވަނީދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް އިތުރު ކުރެވޭތޯ ދިރާސާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.