English Edition
Dhivehi Edition

އުމުރުން 18 އަހަރުގެ ނީޝާ މަރާލަން އޭނަގެ މަންމަ އާއި ބައްޕަ އުޅުނު ކަމުގެ ތުހުމަތުގައި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޑިއާގެ އީޓަން ވިލެޖްގައި މިމަހު 6ވަނަދުވަހު ހިނގި މިހާދިސާ އަށްފަހު ފުލުހުން މިދެމީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އީޓަން ވިލެޖްގެ ފުލުހުންނާ ހަވާލާދީ “ޓީއައިއޯ” ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އަފްރޯޒް ހާން އާއި އޭނަގެ އަނބިމީހާ ނޫރު ޖަހާން ވަނީ ދަރިފުޅުމަރާލަން އުޅުނުކަމަށް ތަހުގީގުގައި އެއްބަސްވެފައެވެ. މިދެމީހުން ބުނިގޮތުގައި ދަރިފުޅުމަރާލަން އުޅުނީ ހަމަ އެދުވަހު ނީޝާގެ ލޯބިވެރިޔާ ވަގަށް އެގެއަށް ވަދެއޮތްވައި ނީޝާގެ ބޮޑު ބޭބެ އާއި އެހެން އާއިލާ މީހަކު ވެގެން އެ ފިރިހެން ކުއްޖާ އެގެއިން ނެރެ ލަޓިބުރިން ތަޅާއަނިޔާ ކުރުމަށްފަހު ދަންޖައްސައި މަރާލުމަށްފަހު މަގުމައްޗަށްއެއްލާލި ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރާނެކަމަށް ބުނެ ބިރުދެއްކުމުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ ނީޝާގެ މަންމައާއި ބައްޕަ ވަނީ ނީޝާގައިގައި ވެސް ލަޓިބުރިން ތަޅާ ޕިސްތޯލައެއް ބޭނުންކޮށްގެން އޭނައަށް ހަމަލާދީފައެވެ. އަދި އެއަށްފަހު ނީޝާގެ ޒަހަމްވެފައިވާ ހަށިގަނޑު އޭނަގެ ބައްޕަވަނީ އެވިލެޖާ ދުރު ހިސާބަކަށް ވަލުތެރެއަށް އެއްލާލާފައެވެ. އެހެން ނަމަވެސް އޭނަ މަރުނުވަނީސް ހޮސްޕިޓަލަށް ގެންގޮސް މިހާރުދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ ޓީއައިއޯ ގައި ބުނެފައިވަނީ ނީޝާއަށް ފަރުވާދެމުންދަނީ އަލިގަރ ގެ ގަވަންމެންޓް ހޮސްޕިޓަލެއްގައި ފުލުހުންގެ ސެކިއުރިޓީ އާއެކުގައެވެ.

މިހާދިސާއަށްފަހު ނީޝާގެ މަންމަ އާއިބައްޕަ އަދި މަންމަ ފަރާތު އާއިލާގެ ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގުފަށާފައެވެ. އާއިލާއާއި ދެކޮޅަށް މީހަކު ދެކެ ލޯބިވުމުން އިންޑިއާގައި އާންމުކޮށް އަމިއްލަ ދަރިއަކަށް ބެލުމެއްނެތި މަރާލުމާއި ބޮޑެތި އަނިޔާ ކުރުމުގެ ހާދިސާތަކަކީ އާންމުކަމެކެވެ. އިންޑިއާގެ ސަގާފަތުގައި އޮންނަ ގޮތުގައި މީހަކާ އިނދެވޭނީ އާއިލާ މީހުންދައްކާ އަދި ރުހޭމީހަކާއެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް “ލަވްމެރިއޭޖެ” ވެސް އިންޑިއާގައި ދަނީ އިތުރުވަމުން ނެވެ.

 

 

ޓެގު