English Edition
Dhivehi Edition

“ގޭމް އޮފް ތުރޯންސް” ގެ ބަތަލާ ސޯފީ ޓާނާ އާއި އެމެރިކަން ޕޮޕް ސްޓަރ ޖޯ ޖޯނަސް، ރާއްޖޭގެ ރީތި މަންޒަރުތައް އެމީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.

މިދިޔަ މެއި މަހު ކައިވެނިކޮށްފައި ވާ މި ދެތަރިންގެ ހަނީމޫން ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވަނީ ރާއްޖޭގައި ވަރަށް ސިއްރުން ހަނީމޫނު ހޭދަކުރުމަށް ފަހު އެ ދެތަރިން ގައުމަށް އެނބުރި ގޮހެވެ. ރާއްޖޭގައި ހޭދަކުރި ހަނީމޫން ދުވަސްކޮޅު މި ދެތަރިންވެސް ހަނީމޫންގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިނުވާއިރު. ސޮނޮވާ ފުށީގައި މި ދެތަރިން ހަނީމޫން ހޭދަކުރުމަށްފަހު ފުރާފައިވަނީ މިދިޔަ ހުކުރުދުވަހުގައެވެ. މި ދެތަރިންގެ ހަނީމޫން ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ޖޯ ވަނީ ރާއްޖެއިން އުފާވެރިކަން ލިބިފައިވާކަމަށް ބުނެފައެވެ. އަދި ސޮނޭވާ ފުށީގެ ރީތި މަންޒަރުތައް ހިއްސާކުރަމުން ސޯފީ ބުނީ ރާއްޖެއަކީ ސުވަރުގެއެއްފަދަ ތަނެއް ކަމަށެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން މި ދެތަރިން ވަނީ ސޮނެވާފުށި ރިސޯޓުން ހިންގާ ބ. އަތޮޅު ކުންފުނަދޫ ގެ ރީތިކަމުގެ ޖާދޫގައި ގިނަބަޔަކު ޖައްސާފައެވެ. މި ދެތަރިން ޗުއްޓީ ހޭދަކުރުމަށް ރެއެއްގެ މައްޗަށް 1400 ޑަލަރާއި 28000 ޑޮލަރުގެ އަދަދެއް ހޭދަކޮށްފައިވާކަމަށްވެސް ރިޕޯޓްތައްވަނީ ބުނެފައެވެ.

ސޯފީ 23، އާއި ޖޯ 29 ވަރަށް ކުއްލި ގޮތަކަށް ކައިވެނިކޮށްފައިވާއިރު އެ ހަފުލާގައި ބައިވެރިވެފައި ވަނީ އާއިލާ އާއި ގާތް ރަހްމަތްތެރިން އެކަންޏެވެ. 2016 ވަނަ އަހަރު މި ދެތަރިން ލޯބީގެ ގޮތުން ގުޅިފައިވާއިރު އެންގޭޖްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. ސޯފީ އާއި ޖޯ އެންގޭޖުވުމަށް ފަހު އެންމެ ފުރަތަމަ ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައި ވަނީ ވެސް ރާއްޖެ އަށެވެ.

ޖޯއީ އަކީ އެމެރިކާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ‘ޑީއެންސީއީ’ގެ ލީޑް ލަވަކިއުންތެރިޔާ އެވެ.އަދި އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އެއްބަނޑު އެއްބަފާ ބޭބެއެވެ.