English Edition
Dhivehi Edition

ހިތާނު ނުކުރުވަން ވެގެން 5 އަހަރުގެ ކުޑަ ކުއްޖަކު ގޭގެ ފުރާޅުމައްޗަށް އަރައިފި އެވެ. އިންޑޮނޭޝިޔާގެ ރަށެއްގައި ހިނގި މި ހާދިސާގައި 5 އަހަރުގެ މި ކުއްޖާ ވަނީ ފުރާޅުމަތީގައި ތިރިއަށް ނުފާބައި 2 ގަޑިއިރު ވަންދެން ހުރެފައެވެ.

މި ކުއްޖާ ހިތާނު ކުރަން ހަމަޖައްސާފައިވާ ޑޮކްޓަރު ބުނީ އޭނާގެ ހަޔާތުގައި މިކަހަލަ ހާދިސާއަކާއި ދުވަހަކު ދިމާ ނުވާކަމަށެވެ. އެގޮތުން ޑރ.އަނިކް ސުތާރީ ބުނީ އޭނާ އެ ދާއިރާގައި އުޅޭތާ 20 އަހަރު ވެފައިވާއިރު އެތައް ހާސް ކުދިންނެއް ހިތާނުކޮށްފައި ވާކަމަށާއި ދުވަހަކު ވެސް ކުއްޖަކު ގޭގެ ފުރާޅުމައްޗަށް އަރާފައި ނުވާކަމަށެވެ.

5 އަހަރުގެ މި ކުއްޖާ ފުރާޅުމަތިން ބާލުވާފައި ވަނީ އޭނާ އެންމެ ގަޔާވާ ސްކޫލު ޓީޗަރު މެދުވެރިކޮށް އޭނާގެ މައިންބަފައިންނެވެ. އެގޮތުން ޓީޗަރު ބުނުމުން މި ކުއްޖާ ފުރާޅުން ފައިބާ ހިތާނުކުރުމަށް އެއްބަސްވިއެވެ.

ޑރ.އަނިކް ބުނީ 5 އަހަރުގެ މި ކުއްޖާ ހިތާނުކުރުމަށް އޭގެ ފަހުން އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ ކަމަށާއި އަދި އޭގެ ފަހުން ވެސް އެއްވެސް މައްސަލައެއް ނުޖައްސާ ކަމަށެވެ.