English Edition
Dhivehi Edition

ކޯޓުގެ ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމްގެ މުއްދަތު ހަމަވުމާއެކު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެ އެވެ.

އަދީބު މިނިވަން ވީ ކޮން ދުވަހަކު ކަމެއް އަދި ސާފުވެފައި ނުވާއިރު ކަރެކްޝަނަލް ސާވިސްއިން ބުނީ އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.މެއި މަހުގެ 30 ވަނަ ދުވަހު ކޯޓުގެ ހުރުމަތްކަޑާލި މައްސަލައިގެ ހުކުމް ތަންފީޒުކުރަން ފަށިއިރު، އޭގެ ފަހުން ބޭސްފަރުވާއަށް އިންޑިއާއަށް ފުރާ ވަޑައިގަތުމަށް އެ ހުކުމް ތަންފީޒު ކުރުންވަނީ މެދުކަނޑާލާފައެވެ. އަދި މި މަހުގެ ހަވަނަ ދުވަހު ރާއްޖެ ވަޑައިން އަދީބުވަނީ ހުކުމުގެ ބާކީ ބައި ފުރިހަމަ ކޮށްފައެވެ.

މީގެ ކުރިން އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމްވެސް ކޯޓުންވަނީ ބާތިލްކޮށްފައެވެ. އަދީބް މިހާރު މިނިވަންވެފައިވާކަމަށް ކަރަކްޝަނުން ބުނެފައިވާއިރު އަދީބަށް ގައުމުން ބޭރަށް ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ. އެހެންކަމުން އަދިވެސް އަދީބު ހުންނެވީ މާލެ ބަންދުގައެވެ.