English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 15،000 ޑޮލަރު (231،300 ރުފިޔާ) ޖަމާކޮށްދީފައިވާނެ ކަމަށާއި އެއީ ޕްރޮޖެކްޓަކާ ގުޅުން ހުރި ފައިސާއެއް ނޫން ކަމަށް ސީލައިފް މޯލްޑިވްސްއިން ބުނެފި އެވެ.

ސީލައިފް މޯލްޑިވްސް އިން މިހެން ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު (231،300ރ.) ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމުގެ ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.  ސީލައިފްގެ އޮފިޝަލަކު ދުވަހު ނޫސް ‘ސަން’އަށް މައުލޫމާތު ދެމުން ބުނީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ގެ މުއާމަލާތަކީ،  އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ މާ ކުރިން ހިންގާފައިވާ އަމިއްލަ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އަދި 2014 ވަނަ އަހަރު މާރިޗް މަހުގެ ތެރޭގައި ޔަމީން އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އެ ކުންފުނީގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ކާރެއް ރައީސް ޔާމީންގެ ހަރަދުގައި އެކި ފަހަރުމަތިން މަރާމާތުކޮށްފައި ވާތީ، އެ ފައިސާ އަނބުރާ ދިނުމަށް ޔާމީން އެދިވަޑައިގަތުމުން އައްމަޓީގެ އެދުމަށް ޖަމާކޮށްފައިވާ ފައިސާކަމަށެވެ.

ހުޅުމާލޭގައި 3000 އެޕާޓްމެންޓް  އެޅުމަށް އިއުލާންކޮށް އެ ކުންފުނިންވަނީ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާފައެވެމި ހައުސިން ޔުނިޓް އަޅަން ސީ ލައިފް އާއި އެޗުޑީސީން ސޮއިކުރީ 14 މާޗް 2014 ގަ އެވެ. އެއީ ބީލަމަށް ނުލައި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫއުއެކެވެ.