English Edition
Dhivehi Edition

ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީއަށް އިންތިހާބުވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި ވަކީލް އަބުދުލް މާނިއު ހުސައިންގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީ އިން މި ގޮތަށް ނިންމީ އިންތިހާބުގައި ދެ ކެންޑިޑޭޓުންގެ މެދުގައި އެއް ވޯޓުގެ ތަފާތު ހުރުމުން އަލުން ގުނައިދިނުމަށް އެދި ވަކީލު މާނިއު ހުށަހެޅި ޝަކުވާ އަކާ ގުޅިގެންކަމަށް އީސީ އިންވަނީ ބުނެފައެވެ. އަދު މެންދުރުފަހު ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައިވާއިރު ކުރީގެ މަޖިލިސް މެމްބަރުން އަނާރާ ނައީމްއަށް ލިބިވަޑައިގަތީ 343 ވޯޓެވެ. އިންތިހާބުގައި ނާކާމިޔާބުވި މާނިއުއަށް ލިބުނީ 342 ވޯޓެވެ.

ބާ ކައުންސިލަށް މެމްބަރުން އައްޔަންކުރުމަށްޓަކައި ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ހަ މެމްބަރުންނަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒް، ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ އެސްޖީ އަނަސް އަބްދުލްސައްތާރު، މުހައްމަދު އަސީލު ހަސަން، މުހައްމަދު ފައިސަލް ގެ އިތުރުން އަނާރާ ނައީމްއެވެ.

ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބާ ކައުންސިލްގެ އެކްސްކޯގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫން ހަމީދެވެ.