English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަނުން އައްޑުއަތޮޅު ހުޅުމީދޫ އަށް 800 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ފޮނުވައިފިއެވެ. ފެނަކައިން މިއަދު ވިދާޅުވީ ސ. ހުޅުމީދޫ ގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ކެޕޭސިޓީ އިތުރު ކުރުމަށް 800kw ގެ ޖަނެރޭޓަރެއް ފޮނުވާފައިވާ ކަމަށެވެ.

ހުޅުމީދޫއަށް ޖަނެރޭޓަރެއް ފޮނުވިއިރު ފެނަކައިން ވަނީ ރާއްޖޭގެ އިތުރު 9 ރަށަކަށް ވެސް ޖަނެރޭޓަރު ތައް ފޮނުވައިފައެވެ. އެގޮތުން ހއ.އިހަވަންދޫ ރ.އިނގުރައިދޫ، ބ.ކެންދޫ ،ޅ.ކުރެންދޫ، ތ.ހިރިލަންދޫ، ގއ.މާމެންދޫ، ގއ.ގެމަނަފުށި، ގދ.ވާދޫ އަދި ގދ.މަޑަވެލި ހިމެނެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކުންފުނިން ކުރަމުންދާ ކަމަށާއި ރަށްރަށަށް ބޭނުންވާ އިތުރު ޖަނަރޭޓަރު ތައް ގެނައުމާއި ކަރަންޓު ނެޓްވޯކްތައް ރަނގަޅުކުރުންވެސް ހިމެނޭކަމަށެވެ.