ނަޗް ބަލިއޭ 9 ހުރިހާ ގޮތަކުންވެސް ތަފާތު
4 މަސް ކުރިން
އާމިނަތު ޚާލިސާ

ނަޗް ބަލިއޭގެ މި ސީޒަންގެ ކޮންސެޕްޓް، ޕޮރޮޑިއުސާރ ސަލްމާން ހާން މި ވަނީ މުޅިން ބަދަލުކޮށްލާފައެވެ. ކުރީގެ ލޯބިވެރިޔާއާއި އެކުމި ސީޒަނުގެ ހުނަރުތައް ބެލުންތެރިންނަށް ދައްކާލުމަށް ނަޗްބަލިއޭގެ ޕްރޮޑެކްޝަން ޓީމުން ތައްޔާރުވަމުން އަންނައިރު ގިނަ ބަޔަކު ބުނަމުންދަނީ މިއީ ވަރަށް އުދަގޫ މަސައްކަތަކަށް ވެގެންދާނެކަމަށެވެ. ސަބަބެއްގެ ގޮތުގައި ގިނަބަޔަކު ބުނެފައިވަނީ އެކުގައި ދިރިއުޅުމުގެ ދުވަސްތައ ހޭދަނުކުރެވުނު ދެމީހަަކަށް މި ފަދަ ޝޯއެއް ނިމެންދެން އެއްކޮށް އުޅުން އުދަގޫވެ، އެކަމުގެ ސަބަބުން މައްސަލަތައް ނިކުންނާނެކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ‘ނަޗް ބަލިއޭ 9’ އެއްގައި ކުރީގެ ލޯބިވެރިޔާ އަނުޖް އާއި އެކު ފެނިގެންދާ އުރްވަޝީ ދޮލާކިއާ  ބުނީ މި ދުނިޔެއަކީ ކުޑަތަނެއްކަމަށާއި މީހުންދެކެ ރުޅި އައިސްގެން ތިބުމުގެ ބޭނުމެއް ނުވިސްނޭ ކަމަށެވެ. “އަބަދުވެސް އެކަކު އަނެކަކު މޫނުމައްޗަށް ޖެހޭ ހާ ދުނިޔެ ކުޑަ. އަނެއް ކޮޅުން ކުރީގެ ލޯބިވެރިޔާ އާއި އެކު މަސައްކަތްކުރުމަކީ މައްސަލައަކަށްވާންޖެހޭ ސަބަބެއް ނެތް” އުރްވަޝީ ބުންޏެވެ. މީގެ އިތުރުން އުރްވަޝީ ބުނީ ކުރީގެ ލޯބިވެރިޔާ އާއި އަބަދުވެސް ވަކި މިންގަޑެއްގައި އެކުވެރިކަން ބޭއްވުމަކީ މުހިއްމު ކަމެއްކަމަށާއި ކޮންމެހެން އެ ފަރާތަކީ އެންމެ ގާތް އެކުވެރިޔާ އަށް ހެދުން މުހިއްމު ނޫންކަމަށެވެ. އަދި ދުވަހަކުވެސް ނުދަންނަ އަދި ނުވެސް ފެންނަ ބަޔަކާއި އެކު މަސައްކަތްކުރުން މައްސަލައަކަށް ނުވާއިރު ކުރީގެ ލޯބިވެރިޔާ އާއި އެކު މަސައްކަތްކުރުންވެސް މައްސަލައަކަށްވެގެން ނުވާނެކަމަށް އުރްވަޝީ  ބުންޏެވެ.

Advt

Advertisement

މި ސީޒަންގެ ޝޯ ހުށަހަޅައިދިނުމުގައި ޖެނިފާ ވިންގެޓް އާއި އެކު ފެނިގެންދާނީ މަޝްހޫރު ކޮމެޑިއަން ސުނިލް ގްރޯވަރ އެވެ. މި އަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރް އާއި އޭނާގެ އަނބިމީހާ މީރާ ރާޖްޕުތް ފެނިގެންދާނެއެވެ.