English Edition
Dhivehi Edition

ނައިބު ރައީސް ފައިޞަލް ނަސީމް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީގެ ހުޅުދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

ނައިބު ރައީސް މިއަދު ހެނދުނު ހުޅުދޫ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހުޅުދޫ ކައުންސިލަރ ޝުކުރީ އެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި ހުޅުމީދޫގެ މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ.

ހުޅުމީދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ ބަހާއުއްދީން މަގު ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 32،719،384 ރުފިޔާއެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.ނައިބު ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ