English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީދޭވީ ގެ މަރަށް އެއްއަހަރު ފުރުނުފަހުންކެރެލާގެ ޖަލުގެ “ޑީޕީޖީ” އަކު އަނެއްކާ އާތުހުމަތު ތަކެއް ކޮށްފިއެވެ.

އުމުރުން 54 އަހަރުގެ ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، 2018 ވަނަ އަހަރު ފެބްރުއަރީ 24 ވަނަ  ދުވަހުގެ ރޭ 11:30 އެހާކަށް ހާއިރު ދުބާއީގަ އެވެ. ސްރީދޭވީގެ މަރަށް ފަހު ހެދި ޕޯސްޓް މޯޓަމް ރިޕޯޓްގައި ބުނެފައިވަނީ އޭނާ މަރުވީ ހިތްހުއްޓިގެން ބާތްޓަބަށް ވެއްޓި ގެނބުމުންކަމަށެވެ.

ކެލެރާ ފުލުސް އޮފީހުގެ ޑީޕީޖީ މިސްޓަ ރިޝްރާޖް ސިންގް ބުނެފައިވަނީ ސްރީދޭވީގެ ޕޯސްޓް މޯޓަމް ހެދި،  އޭނަގެ ރަހުމަތްތެރިޔެއް ކަމުގައިވާ  ޑޮކްޓަރ އުމަދްތަން ވަނީ ސްރީދޭވީގެ މަރަކީ ގުދުރަތީ މަރެއް ނޫންކަމަށް ވުންވެސް އެކަށީގެން ވާކަމަށް ބުނެފައެވެ. ރިޝްރާޖް ބުނީ  ޑޮކްޓަރ އުމަދްތަން މިހާރު މިދުނިޔޭގައި ނެތް ނަމަވެސް މަރުވުމުގެ ކުރީން އޭނަކައިރީ މިވާހަކަ ސިއްރެއްގެ ގޮތުގައި ބުނެފައިވާ ކަމަށެވެ. ޑޮކްޓަރ އެހެން ބުނީ ކީއްވެތޯ ރިޝްރަޖް ވަނީ އޭނަޔާ އޭރުސުވާލުކޮށްފައެވެ. ރިޝްރާޖް ބުނީ ސްރީދޭވީ އާއި ބޯނީ ކަޕޫރް ގެ ކައިވެންޏަށް 24 އަހަރު ވީއިރުވެސް މިދަތުރު ނޫނީ ދެމީހުން އެނަކި އެކުގައި ކޮށްފައި ނުވާކަން ބައެއް ހޯދުންތަކުން ދައްކާކަމަށް އޭނަގެ އެކުވެރިޔާ ޖަވާބުގަައި ބުނިކަމަށެވެ. އަދި މިއީ ސްރީދޭވީގެ މަރަކީ ގުދުރަތީ މަރެއް ނޫންކަމަށް ޝައްކުވާ އެއް ސަބަބު ކަމަށްވެސް އެކުވެރިޔާ ބުނިކަމަށް ރިޝްރާޖް ބުންޏެވެ.

ރިޝްރަޖް ބުނީ މީގެ އިތުރުން އޭނަގެއެކުވެރި ފޮރެންސިކް ޑޮކްޓަރ ތުހުމަތު ކުރާގޮތުގައި ދުބާއީން ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައި ވެސް ސްރީދޭވީ މަރުވެފައިވަނީ ހާޓްއެޓޭކް އެއްޖެހިގެން ނޫން ކަމަށާއި ބާތްޓަބަށް ގެނބިގެން ކަމަށް ލިޔެފައިވާއިރު މިއީ މީހަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލޭވޭކަމަށެވެ. ރިޝްރާޖް ބުނީ އެކުވެރިޔާ ކިޔައިދިން ގޮތުގައި، ބާތްޓަބްގައި ފުރާފެން ހުރިކަމަށާއި ސްރީދޭވީ ބާތްޓަބްގައި މަރުވެފައޮތް އިރު އޭނަ ގެނބެން ފެށުމުން އެއްވެސް ވަރަކަށް ސަލާމަތް ވާން މަސައްކަތް ކުރިނަމަ ފާހާނާ ތެރެއަށް ބާތްޓަބުން ފެންފައިބާފައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ބޭރަށް އެއްވެސް ވަރަކަށް ފެން ފައިބަފައި ނެތުމާއި، އެހާތިލަ ފެންގަނޑެއްގެ ތެރެއަށް ސްރީދޭވީ ގެނބިދާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

ސްރީދޭވީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާގޮތުގައި އޭނާ ގެންބިގެން މަރުވެފައި ވާއިރު ހަށިގަނޑުން ކޮންމެވެސް ވަރަކަށް އަލްކަހޯލް ގެ އަސަރު ފެނިފައި ވެއެވެ. ސްރީދޭވީގެ ޕޯސްޓް މޯޓަމް ހެދި ބައެއް ޑޮކްޓަރުން ބުނާގޮތުގައި އޭނަ ބިލިގާތެރޭގައި ނިދިގެން ގެނބުނީއެެވެ. އެހެން ނޫނީ ހޭނެތިގެން ވެއްޓިގެނބުނީއެވެ.

2018 ވަނައަހަރު ފެބްރުއަރީމަހު ސްރީދޭވީ އާއި ބޯނީ ކަޕޫރު ދުބައީ އަށް ދިޔައީ އާއިލާ ކުއްޖެއްގެ  ކައިވެންޏަށެވެ.ކައިވެނި ނިމުމަށްފަހު ބޯނީ ކަޕޫރު ވަނީ އެނބުރި އިންޑިއާ އަށް ގޮސްފައެވެ. ނަމަވެސް ސްރީދޭވީ އެކަނި ހޮޓެލްގައި މަޑުކުރީ ކުރު ޗުއްޓީއެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް ސްރީދޭވީ ބޯނީ އަށް ގުޅާފައި އޭނަމަތިން ހަނދާން ވާކަމަށް ބުނުމުން ސަޕްރައިޒެއް ދޭން ބޯނީ ވަނީ ފެބްރުއަރީ 24 ވަނަދުވަހު ދުބާއީ އަށްގޮސްފައެވެ. ބޯނީ އާހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެރޭ ދުބާއީއަށް ގޮސް ސްރީދޭވީ އާ ބޯނީ ވަނީ ބައިގަޑިއެއްހަ އިރުވަންދެން ވާހަކަދައްކަން ތިބެފައެެވެ. އެއަށްފަހު ރޭގަނޑުގެ ކެއުމަށް ރެސްޓޯރެންޓް އަށް ދިޔުމަށް ސަރީދޭވީ ވަނީ ފެންވަރާށެވެ. ސްރީދޭވީގެ ހަބަރެއް ނުވެ ލަސްވަމުން ބޯނީ ފާހާނާ އަށް ގޮސްބެލި އިރު ގެންބިގެން އޭނަ މަރުވެފައިވާ ކަމަށް ބޯނީ ބުނެފައިވެއެވެ.

ސްރީދޭވީގެ މަރުގައި ޝައްކުތަކެއްވާ ކަމަށް އަބަދުވެސް މީހުން ތުހުމަތު ކުރެއެވެ.

އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން ސްރީދޭވީ ދިޔައީ ތަމަޅަ، ޓުލުގޫ، މަލަޔާލަމް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތްކުރަމުންނެވެ. އޭނާއަކީ ބޮލީވުޑްގައި މަޝްހޫރު ފިރިހެން ތަރިއެއްގެ އެހީއާ ނުލާ ވެސް ބޮކްސް އޮފީހުގެ ކާމިޔާބު ކަށަވަރުކުރެވޭ މަދު އަންހެން ތަރިންގެ ތެރެއިން އެކެކެވެ.

ސްރީދޭވީ އޭނާގެ ފިލްމީ ކެރިއަރު ފެށީ ވަރަށް ކުޑައިރުއެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ފަހު، ސްރީދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕާސްޓާރަށެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ލިސްޓުން އޭނާ ފުރަތަމަ ޖާގަ ހޯދީ 1978 ގަ އެވެ. އޭނާގެ ކެރިއަރުގެ 50 އަހަރުގެ ތެރޭގައި 150 ފިލްމުގައި މަސައްކަތްކުރި އެވެ. އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި މިސްޓަ އިންޑިއާ އާއި ޗާނދަނީ، ޗާލްބާޒު އަދި ސަދްނާ ހިމެނެ އެވެ.

ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.