ވައިގޮޅިއަށް ވެއްޓުނު އަންހެންމީހާ ނިޔާވެއްޖެ
2 މަސް ކުރިން

މާފަންނު ގެއެއްގެ ވައިގޮޅިއަށް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ އަންހެން މީހާ ނިޔާވެއްޖެއެވެ.

އެ އަންހެން މީހާ ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު  މެންދުރު 13:30 ހާއިރު އެވެ. ފުލުހުން ބުނީ 76 އަހަރުގެ އެ އަންހެން މީހާ ވެއްޓުނީ މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވައިގޮޅިއަށް ކަމަށެވެ.ވައިގޮޅި އަށް ވެއްޓުމުގެ ސަބަބުން އެ އަންހެންމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advt

Advertisement

މިހާރު މާލޭގައި ހިނގަމުންދާ މި ފަދަ ހާދިސާތައް އިތުރުވެފައިވާއިރު، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބިދޭސީއަކުވެސް ވަނީ ރޭ ނިޔާވެފައެވެ.