English Edition
Dhivehi Edition

ހުޅަނގު މޫސުމަކީ އިރުވައިމޫސުމުގެ ހޫނުން އަދި އަރިދަފުސް ރޯގާފަދަ ބަލިތަކުން އަޅުގަނޑުމެން ސަލާމަތްކޮށް ދޭ މޫސުމެކެވެ. އެހެން ނަމަވެސް ހުޅަނގު މޫސުމުގައި އަޅުގަނޑުމެންނަ ދިމާވާ އެންމެ އުނދަގޫ ތަކަކީ ވިއްސާރަ ވެ ފެންބޮޑު ވުމުން އަދި ފެންހަރުލާ ފަދަ ތަންތަނުގައި ފެންހަރުލާފައި ހުރުމުން މަދިރީގެ އުނދަގޫތަ ކާއި ކުރިމަތިވެ އެންމެ ފަހުން އޭގެން އުފެދޭ ބަލިތައް ފެތުރުމެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް އާންމު ގޮތެއްގައި މަދިރިން އުފެދޭ ބަލިތައް ކަމަށްވަ ޑެންގީ އަދި ޗިކެންގުންޔާގެ ކޭސްތައް ގިނައެވެ.

ޑެންގީ އަކީ އެބަލީގެ ފުރަތަމަ ކޮޅު ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ޑެނގީ ޖެހެނީ އަންހެން މަދިރި “އީޑީސް”އިންސާނުގެ ގައިގައި ހެފުމުންނެވެ. އާންމުގޮތެއްގައި މިމަދިރި އުޅޭނީ ދުވާލުގަޑީގައެވެ. ޑެންގީ ޖެހުމުން ހުންއައިސް، ބްލަޑް ޕްލެޓްލެޓްސް ވަރަށް އަވަހަށް ދަށްކޮށްލައެވެ. އަދި ހުޅު ހުޅުގައި ރިއްސުމުގެ އިތުރުން ގައިގައި ރަތް ބިހިތަކެއް ނަގައެވެ.

ޑެންގީ ބަލި ޖެހިފައިވާނަމަ ޑޮކްޓަރެއްގެ ލަފަޔާއެއް ގޮތަށް ބޭސް ބޭނުން ކުރަންވާނެއެވެ. އެހެން ނަމަވެސް ޑޮކްޓަރީބޭހާ އެކު އަޅުގަނޑުމެންނަށް ޑެންގީ ބަލިން އަވަހަށް ފަސޭހަ ވުމަށް ފަޅޯފަތް ބޭނުން ކުރެވިދާނެ ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ޑެންގީ ބަލީގައި އެންމެ މުހިންމީ ޕްލޭޓްލެޓް ކައުންޓް ދަށް ވިޔަނުދީ ހިފެހެއްޓުމެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ޑޮކްޓާރީ ބޭހާއެކު ޕްލޭޓް ލެޓް ކައުންޓް އެންމެ އަވަހަށް ހިފަހައްޓައި ދީ އަދި ދިފާއީ ނިޒާމް ވަރުގަދަކޮށްދެނީ ފަޅޯފަތުގެ ޖޫހުންނެވެ.

ޑެންގީ ބައްޔަށް ފަރުވާ ކުރަން ހޯމްރެމެޑީސް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިބޭނުން ކުރަމުން އަންނަތާ ޒަމާންވީ މި ރެމެޑީ،  ހާއްސަކޮސް އިންޑިއާގައި ބޭނުން ކުރަމުންދާއިރު ޑެންގޫ ބަލި މިފަތުގެ ޖޫހުން ފަސޭހަވާ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް އަދި ލިބިފައި ނުވެއެވެ. އެހެން ނަމަވެސް އަވަށްޓެރި އިންޑިއާގައި ޑެންގީ ބައްޔަށް ފަރުވާ ހޯދުމަށް ފަޅޯފަތުގެ ޖޫސް މަގްބޫލްވެ އޭގޭ އެންމެ ފަތެއްގެ އަގު މިހާރުވަނީ ބަޒާރުގައި 1000ރުޕީސް އަށް އަރާފައެވެ.

ފަަޅޯތުން ލިބިދޭ ފައިދާއަށް ބަލާއިރު، ފަޅޯ ފަތަކީޕަޕައިން އަދި ކީމޯ ޕަޕައިން ފަދަ އެންޒައިމްސް އިން މުއްސަންދި އެއްޗެކެވެ. މިއެންޒައިމްސް ތަކަކީ ޖަހަމްގެ ނިޒާމަށް ފައިދާ ހުރިއެއްޗެކެވެ. މީގެ އިތުރުން އިސްތަށިފޭބުމާއި ޑޭންޑްރަފް އަށް ފަރުވާ ލިބެއެވެ. ޖާދުލެއް ފަދަ މިފަތުގެ ޖޫހުގައި ވިޓަމިން އޭ، ސީ، އީ، ކޭ އަދި ބީ ހިމެނެއެވެ. މީގެ އިތުރުން ކެލްޝިއަމް ، މެގްނެޝިއަމް، ސޯޑިއަމް އަދި އަޔަން ހިމެނެއެވެ.

ސިއްހީ މާހިރުން ބުނާގޮތުން ފަޅޯފަތް ބޭނުން ކުރުމުން ހަށިގަނޑުގައި ޕްލެޓްލެޓް ހުންނަ މިންވަރާއި އެ އުފައްދާ މިންވަރު އިތުރު ކޮށްދެއެވެ. ހަމަ އެހެންމެ މިޒަމާން ވީ ފަރުވާއަކީ ޕްލެޓްލެޓް އިތުރު ކުރުމަށާއި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް މިހާތަނަށް ހޯދުނު އެންމެ މޮޅު އެއް ފަރުވާއެވެ.

ނޯޓް: މި އާޓިކަލް އަކީ އިންޑިއާގެ ސިއްހީ މާހިރުންތަކެއް ކޮށްފައިވާ ދިރާސާ އަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

 

1 ކޮމެންޓް
ސަމް
ޖުލައި 12, 2019
ޢާޓިކަލްގެ ރިފަރެންސް ކޮބާ؟