އުމުރުން ދުވަސްވީ އަންހެނަކު ގެއެއްގެ ވައިގޮޅިއަށް ވެއްޓިއްޖެ
3 މަސް ކުރިން
އާމިނަތު ޚާލިސާ

މާލޭގެ ގެއެއްގެ ވައިގޮޅިއަށް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ އަންހެނަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ 76 އަހަރުގެ އެ އަންހެން މީހާ ވެއްޓުނީ މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވައިގޮޅިއަށް ކަމަށެވެ.ވައިގޮޅި އަށް ވެއްޓުމުގެ ސަބަބުން އެ އަންހެންމީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން މިހާރު މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ އިރު ފަހަކަށް އައިސް މާލޭގައި ހިނގާ މި ފަދަ ހިތާމަވެރި ހާދިސާތައްވަނީ އިތުރުވެފައެވެ.

Advt

Advertisement

މި ގޮތުން ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބިދޭސީއަކުވަނީ ރޭ ނިޔާވެފައެވެ. މި މަހުގެ ހަ ވަނަ ދުވަހު ހަމަ އެ އިމާރާތުގައި ހަދަމުން ދިޔަ ލިފްޓެއްގެ ކޭބަލް ކަނޑައިގެން ވެއްޓި ލިފްޓުގައި ހުރި ބިދޭސީ މީހަކަށް ވަނީ އަނިޔާވެފަ އެވެ