English Edition
Dhivehi Edition

ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ގެ އެއާޕޯޓް ޕާޓްނަރ އަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ހަމަޖައްސައިފިއެވެ.

މިއަދު މެންދުރު އީކުއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް ޕާޓްނަރ ގެ ގޮތުގައި ސޮއިކުރެއްވީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖަރ ޓާމިނަލް އޮޕަރޭޝަންސް އަޙްމަދު ޝަފީގެވެ. ޓައިޓޭންގެ ފަރާތުން ސޮއިކުރެއްވީ ޓައިޓޭން މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ.

މި އެއްބަސްވުމުގެ ދަށުން މި އިވެންޓް ޕްރޮމޯޓު ކުރުމަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓުއޭއިއާގައި ބިލްބޯޑާއި ބެނަރ ފަދަ ތަކެތި ބަހައްޓައިދިނުމުގެ އިތުރުން ޑެޮމެސްޓިކް އަދި ވިއައިޕީ ޑެލިގޭޓާސް އަށް ވީއައިޕީ ސަރަހައްދުގައި މަރުހަބާ ކިޔުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

މި އެކްސްޕޯ ގެ ސިޓީ ހޮޓެލް ޕާޓްނަރަކަށް ހަމަޖެއްސި އައްޑޫގެ ކުންފުންޏެއް ކަމަށްވާ 3އެސް ގްރޫޕްގެ ވޭވް ސައުންޑާ އެކު މި ހަފުތާގެ ކުރީކޮޅު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އަންނަ އޮގަސްޓު މަހުގެ 1 އިން 3އަށް އީކުއޭޓަރ ވިލެޖުގެ ބުލޫ ލެގޫންގައި ބާއްވަން ހަމަޖެހިފައިވާ ސަދަން މޯލްޑިވްސް އެކްސްޕޯ ގައި ޖުމުލަ ސާޅީސް އެގްޒިބިޓަރުންނަށް ބައިވެރި ވުމަށް ފުރުޞަތު ދެވޭއިރު 10 އިންސައްތަ އެގްޒިބިޓަރުންނަކީ ބޭރުގެ އެގްޒިބިޓަރުން ކަމުގައި ވާނެކަމަށް ޓައިޓޭން މޯލްޑިވްސް އިން ބުނެއެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިވްއަވޭ ގިފްޓްސް ގެ ގޮތުގައި އަގުބޮޑު އިނާމުތައްވެސް ހުށަހަޅާފައިވާ ކަމަށްވެސް ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަންވިދާޅުވިއެވެ.

އެކްސްޕޯގައި ބައިވެރިވުމަށް މިހާރުވެސް ފުރުޞަތު ހުޅުވިފައިވާކަމުގައި ފާހަގ ކުރައްވަމުން ޒީނަތު ވިދާޅުވީ އެކްސްޕޯ އަކީ ރިސޯޓު ތަކާއި ގެސްޓު ހައުސް ވިޔަފާރިއާއި ރާއްޖޭގެ ތަފާތު ވިޔަފާރި ބްރޭންޑުތަކާއި ސިއްހީ ފަރުވާދޭ ތަންތަނާއި ކޮލެޖް ޔުނިވަރސިޓީތަކާއި މުވާސަލާތީ ޚިދުމަތްދޭ ތަންތަނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މުޅިން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯއެއްކަމުގައެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅި މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އެނގި ވިޔަފާރިތައް ގުޅުވައިލުމަށް މަގުފަހިކޮށް ދިނުމުގެ މަގުޞަދުގައި ބާއްވާ މި އެކްސްޕޯއަކީ ދެކުނުގެ ސަރަހައްދުގައި ބާއްވާ މިފަދަ ފުރުަތަމަ އެކްސްޕޯއެވެ.