English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޖޫންމަހުގެ20 އިން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫ.އެފް.އާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހިއްޖެ އެވެ.

އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ޔުއެފާގެ އެހީގައި އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.  މިމުބާރާތުގެ ހުރިހާ މެޗެއްވެސް ހަވީރުކުޅުމަށް ތާވަލްކޮށްފައިވާއިރު 20 ވަނަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ  ބޫޓާނާއި ރާއްޖެއެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސައުދީ އަރަބިއާ އާއި ލެޓްވިއާ އެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ 2 ވަނަ މެޗުގައި 27 ވަނަ ދުވަހު ބައްދަލުކުރާނީ ލެޓްވިއާ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ ވިދާޅުވީ ޖުލައި މަހުގެ 18 ވަނަ ދުވަހު މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން އައްޑޫސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުބާރާތުގައި ސައުދީ އަރަބިއްޔާ، ބޫޓާން ، ލެޓްވިއާ އަދި ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމް ބައިވެރިވާނެއެވެ.

1 ކޮމެންޓް
Ahmed
ޖުލައި 10, 2019
އައްޑޫ ސިޓީގައި ޖޫންމަހުގެ20 އިން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫ.އެފް.އާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހިއްޖެ އެވެ