English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފި އެވެ.

މިއަދު ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ޖާބިރު ވަނީ އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބާވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. އެއާއެކު ޖާބިރު ވަނީ، ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ޖާބިރުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާއިރު މިއަދު ‘ސަން ‘އަށް މައުލޫމާތު ދެމުން ބުނީ ކޮމަޓީއިން އިސްތިއުފާ ދެއްވީ އެއީ ރަގަޅު މަސައްކަތްތަކެއް ކުރެވޭ، މުހިއްމު ކޮމަޓީއަކަށް ނުވާތީ ކަމަށެވެ.

އަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުން ނިޒާމީ ނުކުތާ ނަންގަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޖަބީރުވަނީ ސުވާލުކުރައްވާފައެވެ. “މަޖިލީހުގެ ރައީސްކަމަށް މަނިކުފާނު (ނަޝީދު) އިންތިހާބު ވުމުން ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބުނީ ހެއްޔެވެ؟” ޖާބިރުގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ، ތިއީ ނިޒާމީ ނުގުތާއެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޖަބީރު އިށީދެވަޑައިނުގެން ޖާބިރު ވަނީ ތަކުރާރުކޮށް ދައުލަތުގެ ހަޒާނާ އެމަނިކުފާނަށް ލިބުނުތޯ ސުވާލު ކުރައްވާފައެވެ.