ހަޔާތުގެ ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ރަނގަޅު ކަމެއް
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

ހަޔާތުގެ ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ވަރަށްގިނަމީހުންޖެހިލުންވާ އަދި ލަދުގަންނަ ކަމެކެވެ. ބައެއްފަހަރު މިހެންވަނީ ބައިވެރިޔާ އެގޮތަށް ކަންތައް ކޮއްގެން ނުވާނެކަމަށް ބުނެފައިވާތީއެވެ. އެހެން ނަމަވެސް ކުރިމަތީގައި ރޮއެގެން ނުވާނޭ ބުނާ ބައިވެރިންނަކީ އެންމެ އެކަށީގެން ވާ ބައިވެރިޔާ އެއްނޫނެވެ. ބައެއް ބައިވެރިންނަށް ހީވާ ގޮތުގައި ކުރިމަތީގައި ރޮނީ މައްސަލަ ބޮޑުކުރުމުގެ  ނިޔަތުގައެވެ. އަދި ދެއްކުންތެރި ވުމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި ބައިވެރިޔާ ކުރިމަތީގައި ރުއިމުން އޭނަގެ ފަރާތުން ލިބޭ އަޅާލުމާއި ލޯބި ބޮޑުވެއެވެ.

ދިރިއުޅުމެއްގައި ދެމީހެއްގެ ދެމެދުގައި ތަފާތު މައްސަލަތައް ކުރިމަތީވާނެއެވެ. އެކަކު އަނެކަކާ ދޭތެރޭގައި ދެކޭގޮތް އެންމެ ރަނގަޅަށް އެނގޭނެ އެއްވަގުތަކީ ދިރިއުޅުމުގައި ބައިވެރިޔާ އަށް ދަތި އުނދަގޫކަމެއް ،ހިތާމައެއް ދިމާވާ ހިނދުއެވެ. އެހެން ކަމުން ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ބޮޑުކަމެއް ޖެހި އެހީބޭނުންވާ ވަގުތުކަން ފަސޭހައިން އެނގޭނެއެއް ވަގުތެވެ. އަދި މިކަމުން ދެމީހުންގެ ދެމެދުގައި ވާގުޅުން އިތުރުވެގެން ދާނެއެވެ.

Advt

Advertisement

ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ އޭނަދެކެ އެއްވެސް ކަމަކާ ޖެހިލުން ނުވަކަންސާބިތުވާ އެއް ކަމެވެ. އަދި ބައިވެރިޔާ ގެ ލޯތްބާއި އަޅާލުން ލިބޭނެކަމުގެ ޔަގީންކަން އޮތްނަމަ ކުރިމަތީ ރޯން ޖެހިލުމެއް ނުވާނެއެވެ. އަދި ބައިވެރިޔާ ކުރިމަތީގައި ރުއިމަކީ ކުޅޭޑްރާމާ އެއް ކަން ގަބޫލް ނުކޮށް އޭނައަށް އެވަގުތު ދިމާވެގެން އުޅޭ މައްސަލައަކީ ކޮބައިތޯ ބަލައި އެކަމެއް ހައްލުކޮށްދީ ހިތަމައިގައި ބައިވެރިވެ އެއްބާރުލުން ދިނުމުން ދެމީހުންގެ ވެސް އޮތް ގުޅުމާމެދު ޝައްކުނުވެ ގުޅުން ވަރުގަދަވެއެވެ.

އަޅުގަނޑުމެން އިންސާނުން ނަކީ ދެވަނަ މީހެއްގެ އެހީތެރިކަމެއް ނުހޯދައި ދުނިޔޭގައި އުޅެވޭނެ ބައެއްނޫނެވެ. އޭގެ އެއްމިސާލަކީ އަޅުގަނޑުމެންހެއްދެވި އިލާހު މިދުނިޔެއަށް އަންހެނުން ނާއި ފިރިހެނުން ފޮނުއްވާފައި ވުމެވެ. އަންހެނަކަށް ފިރިހެނެއްގެ އެހީތެރިކަން ބޭނުންވާ އިރު ފިރިހެނަކަށް އަންހެނެއްގެ އެހީތެރިކަން ބޭނުންވެއެވެ. އެއްވެސް ހާލެއްގައި ދެމީހަކު ދިރިއުޅުމެއް ފަށައި ދުވަސްތައް އެކީގައި  ހޭދަކުރަމުން އަންނަ އިރު އެކަކު އަނެކަކަށް ބޭނުންވާ އެހީތެރިކަން، ލޯބި، އަޅާލުން އަދި އޯގަތެރިކަން ނުދެވެންޏާ ދިރިއުޅުމެއް ބާއްޖަވެރިއެއް ނުވާނެއެވެ. އެހެންވީމާ އަނބިމީހާވެސް ފިރިމީހާވެސް ކުރިމަތީގައި ރުއިމަކީ ހަޑިކަމެއް ނޫނެނެވެ. އެއީ ފައިދާ ހުރިކަމެކެވެ.