English Edition
Dhivehi Edition

މިނިވަންކަޕް 2019 ގެ ޝިޢާރާއި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ފައިނަލް ލިސްޓް އިއުލާންކޮށްފިއެވެ.

މިނިވަންކަޕް 2019 ގެ ޝިޢާރަކީ “ލެޓްސް ޑިވެލޮޕް އަވަރ ކޮމިއުނިޓީ ވިތްއައުޓް ޑްރަގްސް” އެވެ.

މިމުބަރާތުގައި މިއަހަރު ބައިވެރިވާ ޓީމްތަކަކީ، ތައްލިހި އެފްސީ، ރިއަލް އޭޓީ، ވިކިންގ އެފްސީ، ހުޅުމީދޫ ޕޮލިސް، އެމްއެންޑީއެފް ސަދަން އޭރިއާ، ކެނަރީފް، މަލްޓިޖީނިއިސް ސިޓީ، ރިސޯޓް ބޯއިސް، ޒެލޯން އަދި ގައުމު އެފްސީ އެވެ.

މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.މިމުބާރާތް މިއަހަރު އޯގަސްޓް 02ގައި ފެށުމަށް ހަމަޖެހިފައިވާއިރު ނިމޭނީ އޯގަސްޓް 13ވަނަދުވަހު އެވެ.

ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަން ހަމަ ޖެހިފައިވާ މިމުބާރާތް މިއަހަރުވެސް އޮންނާނީ ހުޅުދޫ ފުޓްސެލް ދަނޑުގައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.