English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތް ފަށައިފިއެވެ.

މި މަހުގެ 07 ވަނަ ދުވަހު ފެށި މި މުބާރާތުގައި އައްޑޫސިޓީގެ 15 ސްކޫލަކުން 279 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތް ކުރިއަށް ގެންދަނީ 4 ދަންފަޅިއަކަށް ބަހާލައިގެން ނެވެ. 5 އުމުރުފުރާއަކުން ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އުމުރުފުރާތަކަކީ 7 އަހަރާއި، 9 އަހަރާއި، 11 އަހަރާއި، 13 އަހަރާއި، 16 އަހަރާއި، 21 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖްވީދުގެ ހަމަތަކާއެކު ރީއްޗަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުންކަމަށެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫއަކީ ޤުރުއާން އުނގެނި ހިތުދަސް ގިނަ ހާފިޒުން ތިބި ސިޓީއެއްކަމަށެވެ.އެހެން ނަމަވެސް އަދިވެސް ރަމަޟާން މަހު ބޭރުން ހާފިޒުން ގެންނަން ޖެހޭކަމީ ޤުރުއާން އުނގެނުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭންޖެހޭ ކަމެއްކަމުގެ ހެއްކެއްކަމުގައި މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރަތުގެ ންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ޝަރަފުއްދީން ސްކޫލުގައެވެ. މިއީ މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.