ކަބީރް ސިންގް އަކީ މީރާގެ ހޮވުމެއް:ޝާހިދު
4 މަސް ކުރިން
އާމިނަތު ޚާލިސާ

ޑައިރެކްޓާ ސަންދީޕް ވަންގާގެ ފިލްމު “ކަބީރް ސިންގް” ކުޅުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ އަނބިމީހަ މީރާ ރާޖްޕުތްގެ ސަބަބުން ކަމުގައި ޝާހިދް ކަޕޫރް ބުނެފިއެވެ.

“ކަބީރު ސިންގް” އަކީ ކާމިޔާބު ތަމަޅަ ފިލްމު “އަރްޖުން ރެއްޑީ” ގެ ހިންދީ ރިމޭކެކެވެ. މި ފިލްމާއި ބެހޭ ގޮތުން ޝާހިދު ބުނީ މި ފިލްމު ކުޅުމަށް އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ލިބިގެން ދިޔައީ މީރާގެ ސަބަބުންކަމުގައެވެ. “އަހަންނާއި މިރާ އާއި އެކުގައި ތިބެގެން ތަމަޅަ ފިލްމު އަރްޖުން ރެއްޑީ ބެލީ.ފިލްމު ބެލުމަށްފަހު މީރާ އަށް އެ ފިލްމުގައި ބަތަލްގެ ރޯލު ވަރަށް ކަމުދިޔަ. އަދި އަހަރެން އެ ރޯލަށް ފިޓްވާނެކަމަށް ބުނި.އެހާ ހިސާބުން އަހަރެންވެސް މި ފިލްމާއި ވަރަށް ގަޔާވި” ފިލްމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޝާހިދު ބުންޏެވެ. މީގެ އިތުރުން ޝާހިދު ބުނީ ކަބީރް ސިންގްއަކީ މީރާ ގެ ހޮވުމެއްކަމަށެވެ.

Advt

Advertisement

ކަބީރު ސިންގް އަކީ  ކާމިޔާބު ޒުވާން ސަރޖަންއެއް ކަމުގައިވާ އަރްޖުން ރެޑީ ނަމަކަށް ކިޔާ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާފައިވާ ފިލްމެކެވެ. އޭނާ އަމިއްލަ ހަޔާތް ބަރުބާދުކޮށްލަން ނިކުންނަނީ އޭނާގެ ލޯބިވެރިޔާ އެހެން ފިރިހެނަކާ އިންނަން މަޖުބޫރުކުރާ ހިސާބުންނެވެ.

މި ފިލްމުގައި ޝާހިދު ފެނިގެންދަނީ ރުޅިގަދަ ޑޮކްޓަރެއްގެ ރޯލުންނެވެ.މި ފިލްމުގައި އޭނާ ފެނިގެންދަނީ މަސްތުވާތަކެތި ބޭނުންކުރާ ، މީހުންގައިގައި ތަޅާ އަދި  އޭނާއާ ދެކޮޅުވެރިވާ ކޮންމެ މީހާކާއި ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މީހެއްގެ ރޯލުންނެވެ.

މި ފިލްމު ސިނާމާގައި އެޅުވި ދުވަހުން ފެށިގެން ބޮޑެތި ކާމިޔާބުތަކެއް ލިބެމުން އަންނައިރު ފާއިތުވެދިޔަ 03 ހަފްތާ ތެރޭ މި ފިލްމަށްވަނީ 233 ކަރޯޑް ރުޕީސް ލިބިފައެވެ.