English Edition
Dhivehi Edition

ޖުލައި މަހު ޕޮލިޓެކްނިކް އައްޑޫ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާއާއި އެހެނިހެން ކޯސްތައް ހިލޭ ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯސް ފީ ނުނަގާ ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި، ޑިޕްލޮމާއިން އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް އާއި ޑިޕްލޮމާއިން ސްމޯލް ބިޒްނަސް މެނޭޖްމަންޓް އާއި، އެޑްވާންސް ސެޓްފިކެޓް އިން ސްމޯލް ބިޒްނަސް މެނޭޖްމަންޓާއި، ސެޓްފިކެޓް 3 އަދި ސެޓްފިކެޓް 1 ގެ ކޯސްތައް ހިމެނެއެވެ.

މިކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން 11 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ. އެގޮތުން ކޯސްތަކުގެ އިތުރު މަޢުލޫމާތު ސާފުކުރުމަށް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އަށް ޒިޔާރަތް ކޮށްލެއްވުމުން ލިބޭނެއެވެ.

ޕޮލިޓެކްނިކް އަކީ ރާއްޖޭގައި މަސައްކަތްތެރިކަމުގެ ގިނަ ކޯސްތަކެއް ހިންގަމުންދާ ފަރާތެކެވެ. އެގޮތުން މިހާރުވެސް އައްޑޫ ކެމްޕަހުގައި ގިނަ ކޯސްތަކެއް ހިންގަމުން ދާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މިކެމްޕަހުގެ ގިނަ ކޯސްތަކަކީ ހަވީރު ގަޑީގައި ހިންގަމުންދާ ކޯސްތަކެކެވެ.