English Edition
Dhivehi Edition

މުމްބާއި 7ޖުލައި-  މުމްބާއީގެ 29 އަހަރުގެ މުމްބައިކަރ ނަމަކަށް ކިޔާ ފިރިހެނެއްގެ ބަޑުން ރަހިމާއި ދެފެލޯޕިއަންޓިއުބް ނަގައިފިއެވެ. މި އޮޕްރޭޝަން ކޮށްފައިވަނީ މުމްބާއީގެ އަވަށެއް ކަމަށްވާ ބައިކުލާ ގެ ޖޭޖޭ ހޮސްޕިޓަލުގައެވެ.

މުމްބައިކަރ ގެ އޮޕްރޭޝަން ކުރި ޑޮކްޓަރާއި ހަވާލާދީ “ޓީއައިއޯ” ގައި ބުނެފައިވަނީ މުމްބައިކަރ ހޮސްޕިޓަލަށް ދިޔައީ އޭނަގެ ކައިވެންޏަށް އަހަރުތަކެއް ވީއިރުވެސް ދަރިޔަކު ނުލިބިގެން ޓެސްޓްތަކެއް ހަދަން ކަމަށެވެ. ޑޮކްޓަރުން ބެލިބެލިމުން އޭނަގެ އަނބިމީހާގެ އެއްވެސް މައްސަލައެއް ނެތުމުން މުމްބައިކަރ ގެ ޓެސްޓްތައް ހެދުމުން އެނގުނީ އޭނަގެ ޖިންސީގުނަވަނުގެ އެއްބައި(ޓެސްޓިސް) އުފެދިފައި ނުވާކަމަށެވެ. އެހެން ކަމުން ޑޮކްޓަރ ސާޖަރީ  ކުރުމަށް ތައްޔާރުވެ އޭނަގެ ބަނޑުތެރޭގައި ވާ (ޓެސްޓިސް) ބޭރަށް ލުމަށް އޮޕްރޭޝަން ކުރަމުން ދަނިކޮށް އަންހެެއްގެ ދަރިމައިވާ ބައިތައް އޭނަގެ ބަނޑުތެރޭގައި ހުރިކަން ފާހަގަވެ އޮޕްރޭޝަން ކުރުންމެދުކަނޑާލައި އެމްއާރުއައި ހެދުމުން ރަހިމަކާއި ދެ ޔުޓެރަސް ޓިއުބް ހުރިކަން ޔަގީން ވިކަމަށެވެ.

މިދިޔަ ޖޫން 26 ވަނަދުވަހު ކުރި މިއޮޕްރޭޝަނަށްފަހު ޑޮކްޓަރ ގައިޓް ބުނީ، މިއޮޕްރޭޝަން ކާމިޔާބު ކަމަށާއި މިވަގުތު ބަލިމީހާ ގެ ހާލަތު ދަނީ ރަނގަޅުވަމުން ކަމަށެވެ. އެހެން ނަމަވެސް އޭނަގެ ޓެސްޓިސް ބޭރަށް ލައި އޮޕްރޭޝަން ކާމިޔާބް ވިނަމަވެސް އޭނައަށް ދަރިން ލިބުމުގެ ޗާންސް މިހާރު ގެއްލިފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ. “މިއޮޕްރޭޝަނަކީ ބަލިމީހާގެ އުމުރުން12 މަހުގައި ކުރަންޖެހޭ އޮޕްރޭޝަނެއް. އެހެން ނަމަވެސް 28 އަހަރު ފާއިތުވެ މިހާރު މާލަސްވެފައިވާތީ އޭނައަށް ވަނީ ދަރިން ލިބުމުގެ ޗާންސް ގެއްލިފައި” ޑޮކްޓަރު ބުންޏެވެ.

މިކޭސް އަށް ކިޔަނީ މުލޭރިއަން ޑަކްޓް ސިންޑްރޯމް އެވެ. ދިރާސާތަކުން ދައްކާގޮތުގައި މުޅިދުނިޔެއިން  އަދި މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ  މުލޭރިއަން ޑަކްޓް ސިންޑްރޯމްގެ 200 ކޭސް އެވެ.