English Edition
Dhivehi Edition

އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދިން ކަމަކީ ދަރިއެއްގެ ގޮތުގައި މައިންބަފައިންނަށް އަދާކުރަންޖެހޭ ޒިންމާތަކާއި ހައްގުތައް އަދާކުރުން ކަމުގައި  މަޝްހޫރު ޓީވީ އެކްޓްރެސް އަދި މޮޑެލް މާހި ވިޖް  ބުނެފިއެވެ.

‘ބާލިކާ ވަދޫ’ އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މާހީ މިހެން ބުނެފައިވަނީ އޭނާ  އާއި ބެހޭގޮތުން މީހުން ދައްކަމުން ދިޔަ ވާހަކަތަކަށް ޖާވާބު ދިނުމަށްޓަކައި ކުރި ޓުވިޓެއްގައެވެ. މާހި ވިޖް އަށާއި އޭނާގެ ފިރިމީހާ އެކްޓަރު ޖޭ ބަނޫޝަލީ ގެ ކައިވެންޏަށް 8 އަހަރު ފަހުން މާހި ބަނޑުބޮޑުކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ މެއި މަހުގަ 24 ވަނަ ދުވަހުއެވެ. ދެމީހުންގެ ކައިވެންޏަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު،  މީގެ ކުރިން މާހި އަށް ދަރިއަކު ނުލިބޭ ވާހަކަތަކެއްވެސް ވަނީ މީޑިއާގައި ފެތުރިފައެވެ. އަދި ކައިވެންޏަށް 8 އަހަރު ފަހުން މާހި ބަނޑުބޮޑުވީ ވަރަށް ގިނަ ފަރުވަކޮށްގެން ކަމުގައިވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މި ވާހަކަތަކަށް ޖަވާބު ދެމުން މާހި ބުނީ  “އަހަންނާއި ބެހޭ ގޮތުން ވާރަށް ގިނަ ވާހަކަތައް ދައްކަމުންދާތީ ބުނަން. އަހަރެންނަށް ދަރިން ލިބުމުގައި އެއްވެސް މައްސަލައެއް ދިމާނުވޭ. ލަހުން ދަރިއަކު ހޯދުމަކީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް. އެންމެ ފުރަތަމަ ރަގަޅު ދަރިއަކަށްވުމަށްޓަކައި އަހަރެން  އަދާކުރަންޖެހޭ ވަރަށް ގިނަ ޒިންމާތަކެއްވޭ. އަހަރެންގެ މައިންބަފައިންނަށް އަދާކޮށްދޭންޖެހޭ ހައްޤުތަކެއްވޭ. ދަރިއަކު ލިބުމަކީ އުފާވެރިކަމެއް. އެކަމަކު ޒިންމާދާރު ދަރިއަކަށްވުމީވެސް ބޮޑު އުފަލެއް. އަހަރެން އިހްތިޔާރުކުރީ ލަހުން ދަރިއަކު ހޯދުން. ދަރިއަކު ހޯދުމަށްޓަކައި ރަގަޅު ދަރިއަކަށްވާންޖެހޭ. ”

މާހި ގެ މި ވާހަކަތަކަށް އިތުރަށް ބާރު ދެމުން އޭނާގެ ފިރިމީހާ ޖޭ ބުނީ މާހި އަކީ ހިތްވަރުގަދަ ދަރިއެއް، އަނބެއް އަދި މުސްތަގުބަލުގައި މަންމަ އެއް ކަމަށެވެ.

ޖޭ އާއި މާހީ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރުގައެވެ.