English Edition
Dhivehi Edition

އަބަދުވެސް ކުޑަކުދިންގެ ހަވާލުގައި ބެލެނެވެރި ފަރާތެއް ހުރުން ވަރަށް މުހިންމު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ކ.މާފުށީ މޫދުގައި ނިޔާވެފައި އޮތް 4 އަހަރުގެ ފިރިހެން ކުއްޖަކު ފެނުނު ހާދިސާއާ ގުޅިގެން ޝިދާތަ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެ ހަބަރު އަޑު އެހީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.

އިއްޔެ ކ.މާފުށީގައި ހިނގި ހިތާމަވެރި މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށަށް ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާއި އެކު ދިޔަ 4 އަހަރުގެ ކުއްޖެކެވެ. އިއްޔެ މެންދުރު 2:50 ހާއިރު ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އާއިލާ އެކު ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ކުއްޖާ ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު އެ ސަރަހައްދަށް ދިޔައިރު އޭނާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަަމަށެވެ. އޭރު ވެސް އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.