ތިންމީހަކު ވެގެން ކުއްތާއެއް ރޭޕްކޮށްފި
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

އިންޑިއާގެ އާގަރާ ސަރަހައްދުގައި ތިން މީހަކު ވެގެން މީހަކު އޮޅުކޮށްގެން ގެންގުޅުނު ކުއްތާއެއް ރޭޕްކޮށްފިއެވެ.

އަގަރާގެ ހަތްރަސް އަވަށުގެ ފުލުހުން ނާ ހަވާލާދީ “ޓީއޯއައި” ގައި ބުނެފައިވާ ގޮތުގައި އުމުރުން 4 އަހަރުގެ އޮޅު ކުއްތާއެއް ރޭޕްކޮށްފައި ވަނީ ކުއްތާ ގެންގުޅޭ މީހާގެ ގެ އާއި ޖެހިގެން ހުރިގޭގައި ދިރިއުޅެމުން އައި ފިރިހެނަކާ އޭނަގެ އިތުރު 2 ރަހުމަތް ތެރިން ވެގެންނެވެ. ޑިނޭޝް ކުމާރު އެކުއްތާ އަށް މިދިޔަ ހުކުރު ދުަވަހުގެ ރޭގަނޑު ބިހެއް ކާންދިނުމަށްފަހު އެގެއަށް ގެންގޮސް ރޭޕްކޮށްފައިވަނީ ސަތިޝް އަދި އަޝޯކް ނަމަކަށް ކިޔާ ދެމީހުންނާއެކު ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މިހާދިސާގައި ދިނޭޝް ވަގުތުން ހައްޔަރު ކުރިނަމަވެސް އަނެއް ދެމީހުން އަދި ހައްޔަރު ނުކުރާކަމަށެވެ.

Advt

Advertisement

ކުއްތާގެ ވެރިފަރާތް ކަމަށްވާ ސަންތޯޝް ދޭވީ ބުނީ، އޭނަގެ ގޭގައި ދިރި އުޅެނީ އޭނަގެ ކުއްތާއާއި ފިރިހެންދަރިފުޅުގެ އިތުރުން އަންހެން ދަރިފުޅާ އޭނަ އެކަނި ކަމަށެވެ. ޑިނޭޝް އަކީ އޭގޭގެ އެންމެނާ އެކުވެރި އަދި އެ ސަރަހައްދު އެންމެން ވެސް ދަންނަ މީހެއްކަމަށް ސަންތޯޝް ބުންޏެވެ. ހުކުރު ދުވަހުގެ ރޭ 10ޖެހިއިރު ކުއްތާ ގޭގައި ފެންނަން ނެތްކަން އޭނައަށް ފާހަނގަ ކުރެވުނުނަމަވެސް ހީކުރީ އެހެން ދިމާލެއްގައި ނިދީ ކަމަށް ކަމަށާއި ނަމަވެސް ހެނދުނު 6 ޖެހި އިރުވެސް ފެންނަން ނެތުމުން ހޯދަމުން ދަނިކޮށް ޑިނޭޝްގެ ކޮޓަރިން ހޭނެތިފައި ވަނިކޮށް ކަމަށް ސަންތޯޝް ދޭވީ ބުންޏެވެ.

ހަތްރަސް ޕޮލިސްޓޭޝަންގެ ޕޮލިސް އޮފިސަރ ޕަރްވޭޝް ރަނާ “ޓީއޯއައި” އާވާހަކަ ދައްކަމުން،  ބުނީ މިހާދިސާވަނީ މިހާރު ޕޮލިސްޓޭޝަންގައި ރަޖިސްޓްރީ ކޮށް ތަހުގީގު ފަށާފައި ކަމަށެވެ.  އަދި ކުއްތާގެ މެޑިކަލް ރިޕޯރޓް ލިބުމާއެކު މި އަމަލު ހިންގި އަނެއްދެމީހުން ވެސް ހައްޔަރުކޮށް ތަހުގީގު ކޮށް މިމީހުންނަށް ހައްގު އަދަބު ދޭނެކަމަށް އޮފިސަރ ބުންޏެވެ.