ކޮންގްރެސްގެ ލީޑަރުގެ މަގާމުން ރާހުލް ގާނދީ އިސްތިއުފާ ދެއްވައިފި
4 މަސް ކުރިން
އާމިނަތު ޚާލިސާ

އިންޑިއާގެ އިދިކޮޅު މައި ޕާޓީ, އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރުގެ މަގާމުން ރާހުލް ގާންދީ  އިސްތިއުފާ ދެއްވައިފިއެވެ.

އިއްޔެ ރާހުލް ގާންދީގެ އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވާއިރު އިސްތިއުފާގެ ސިޓީގައި ރަހުލް ގަންދީ ވަނީ އިންޑިއާގެ އާއްމު އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ނަންގަވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރާހުލް ގާންދީ ވިދާޅުވީ އިންޑިއާގެ ވެރިކަންކުރަމުންދާ ޕާޓީ ބީޖޭޕީ އާއި ދެކޮޅަށް ނިކުތުމަށްޓަކައި ކޮންގްރެސް ޕާޓީ ވަރުދަގަކޮށް ޕާޓީއަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.

Advt

Advertisement

ރަހުލް ގަންދީ ޕާޓީގެ ލީޑަރ ޝިޕުން ވަކިވުމަށްޓަކައި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ޕާޓީގެ މެމްބަރުންނަށް ބޮޑު ހައިރާންކަމެއް ލިބިފައިވާއިރު އެމީހުންދަނީ އެ ސިޓީ އަބުރާ ގެންދިއުމަށް ގޮވާލަމުންނެވެ.އެހެންނަމަވެސް ރަހުލް ގާންދީ ވިދާޅުވީ ޕާޓީގެ ލީޑަރ ޝިޕްގައި ހުންނަން ބޭނުން ނުވާކަމަށާއި އެހެންނަމަވެސް އަބަދުވެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނާނެ ކަމަށެވެ.  ރަހުލްގަންދީގެ ސިޓީއަށް ފަހު އޭނާވަނީ ޓުވިޓާގެ ޕްރޮފައިލްގައިވާ  ‘ ލީޑަރ އޮފް ކޮންގްރެސް’، ‘ މެމްބާރ އޮފް ކޮންގްރެސް”އަށް ބަދަލުކޮށްފައެވެ.

މިދިޔަ މެއި މަހު އިންޑިއާގެ އާންމު އިންތިހާބު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ބިޖޭޕީއިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވާއިރު، އެ ޕާޓީންވަނީ އިންޑިއާގެ ލޮކްޝަބާގެ 542 ގޮނޑީގެ ތެރެއިން 336 ގޮނޑި ކާމިޔާބު ކޮށްފައެވެ.