English Edition
Dhivehi Edition

އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދިޔަ އައްޑޫ މެޑިސިޓީ، އާސަންދަ ކޮމްޕެނީ ލިމިޓެޑުން ސަސްޕެންޑް ކޮށްފިއެވެ.

އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ފޭދޫ އައްޑޫ މެޑިސިޓީގެ މައްސަލައެއް ބަލަމުންދާތީ  އާސަންދަ ކޮމްޕެނީ ލިމިޓެޑުން ވަނީ، މިކްލިނިކުން އާސަންދަ ސްކީމްގެ ދަށުން އެއްވެސް ޚިދުމަތެއް  ނުދެވޭ ގޮތަށް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.

އާސަންދައިން ނެރެފައިވާ ސާރކިއުލާގައިވާ ގޮތުން މެޑިސިޓީ ސަސްޕެންޑް ކުރެވުނީ 2 ޖުލައި 2019 އިންފެށިގެން ނެވެ. އަދި ސަސްޕެންޝަން ބާޠިލުވުމުން ، ހުސްނުވާ އާސަންދާ ސްކީމްގެ ދަށުން ޚިދުމަތްދޭ މަރުކަޒުތަކަށް އަންގަވާނެކަމަށް ވެސް އާސަންދަ އޮފީހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރަށް މިސަސްޕެންޝަންގެ މުައްދަތުގެ ތެރޭގައި އައްޑޫމެޑިސިޓީގެ އެއްވެސް ރިކްއިޒިޝަކަށް ޚިދުމަތް ދިނުމަށްފަހު ބިލް ހުށަހަޅާފައިވާނަމަ އެބިލްތަކެއް ރިޖެކްޓް ކުރެވޭނެކަން ވެސް އާސަންދައިގެ ސާރކިއުލާގައިވެއެވެ.

އައްޑޫ މެޑިސިޓީއަކީ ތަފާތު ބަލިތަކުގެ ޚާއްޞަޑޮކްޓަރުންނާއި އެކު ޚިދުމަތް ދެމުންއަންނަ  ކްލިނިކެކެވެ.