English Edition
Dhivehi Edition

ޔޫކްރެއިން(ޖުލައި2) –  މީހަކު މެރިކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދިޔަ 42 އަހަރުގެ ޔޫކްރެއިން ފިރިހެނަކު ޖަލުން ސަލާމަތް ވުމުން ގެއަށް ގޮސް އެދުވަހުގެ ރޭނގަނޑު ވަގުތެއްގައި އޭނަގެ މަންމަ ރޭޕްކޮށްފިއެވެ.

މީހެއްގެ ގަޔަށް ވަޅިޖަހާމަރަލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ވިޓަލީ ނަމަކަށް ކިޔާ މިމީހާ ޖަލުން ސަލާމަތްވީ މިދިޔާ މޭއިމަހުގައި ކަމަށް ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައި ވެއެވެ. ވިޓަލީ ސަލަމަށް ވުމާއެކު މަންމަގެ ގެއަށް ދިޔުމުން އެރޭ އޭނަގެ މަންމަ ވަނީ އެކަމުގެ އުފަލުގައި ރައްޓެހިންނަށް ޕާޓީއެއް ބާއްވާފައެވެ.

ވިޓަލީގެ މަންމަ ރިޕޯޓަރަކަށް މައުލޫމާތު ދެނީ

ރޭޕްކުރިމީހާގެ މަންމަ އާހަވާލާދީ ޑެއިލީ މެއިލްގައި ރިޕޯޓް ކޮށްފައިވަނީ، ދަރިފުޅު ޖަލުން ސަލާމަތްވެ ގެއަށް އައުމުން އެކަމުގެ އުފަލުގައު ރައްޓެހިންނަށް ޕާޓީ އެއްބޭއްވުމަށްފަހު ޕާޓީ ނިމުމުން އޭނާދިޔައީ ނިދަން ކޮޓަރިއަށް ކަމަށެވެ. އަދި ނިދުނުފަހުން ދަރިފުޅު ކޮޓަރިއަށް ވަދެ ގަދަކަމުން އޭނަ ރޭޕްކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. މިހާދިސާ އަށްފަހު އެއަންހެންމީހާ ބުނެފައިވަނީ އެވަގުތު ދަރިފުޅު ކައިރިން ސަލާމަތްވާން މަސައްކަތް ކޮށް ހަޅޭއްވެސް ލެވިކަމަށެވެ. ނަމަވެސް އެހީއެއް ނުލިބުމުން ދަރިފުޅު އަތްދަށުން ސަލާމަތް ވުމުން ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީކަމަށެވެ. އަދި މިހާދިސާއަށްފަހު އެއީ ދަރިއެއްކަމަށް ދެން ގަބޫލުކުރަން ދުވަހަކުވެސް ބޭނުން ނުވާކަމަށް އޭނަ ބުނެފައި ވެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ވިޓަލީ ވަނީ އޭނަގެ މަންމަ ރޭޕްކުރުމަށްފަހު ފިލަން މަސައްކަތް ކޮށްފައި ކަމަށާ އެހެން ނަމަވެސް އޭނާ ހޯދައި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މިހާދިސާ ތަހުގީގު ކުރާ ފުލުހެއް ކަމަށްވާ ޔުރީ ބުނީ، ވިޓަލީ ގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތު އޭނަގެ މައްޗަށް ސާބިތު ވެއްޖިއްޔާ 5އަހަރުގެ ޖަލުހުކުމެއް އަންނާނެ ކަމަށެވެ.

މިހާދިސާ ޔޫކްރެއިންގެ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.