English Edition
Dhivehi Edition

ދިރާގުން ހައިސްޕީޑް އިންޓަރނެޓް މުޅިން އާ ހަރުފަތަކަށް ގެންގޮސް ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި އެއް ޖީބީޕީއެސްއާ ހަމައަށް ދެވޭ އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކޮށްފިއެވެ. މި ޙިދުމަތް ތައާރަފް ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލްއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަރބިޓް ސްޕީޑްގެ އިންޓަނެޓް ތައާރަފްކުރުމަށް ދިރާގުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގައި ޓެކްނޮލިޖީގެ ބޮޑު އިންޑަސްޓްރީއެއް ޤާއިމްވެފައިވާ ގައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ޑިޖިޓަލް އިކޮނޮމީއަކަށް ރާއްޖެ ގެންދިއުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެގޮތުން ޑިޖިޓަލް ސޮސައިޓީއެއް ގާއިމް ކުރުމާއި ޑިޖިޓަލް ގަވަރނެންސް އެއް ގާއިމް ކުރުމަށްވެސް އެ މިނިސްޓްރީން މަސައްކަތް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް ދިރާގުން ބުނެއެވެ.

ދިވެހީންނަށް އެންމެ ޒަމާނީ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި މިގޮތުން ދިރާގުން ކުރިއަށް ގެންދާ “ޑިޖިޓަލް ރާއްޖެ” ޕްރޮގްރާމްގެ ދަށުން މާލެއެކޭ ތަފާތެއްނެތި ރާއްޖޭގެ ގިނަ ރަށްތަކަކަށް، ނެޓްވާރކް ފުޅާކޮށް ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް އަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ތައާރަފް ކުރި ގިގަރބިޓް ސްޕީޑްގެ އިންޓަނެޓް ޙިދުމަތަކީ ރާއްޖޭގައި މިހާތަނަށް ދެވޭ އެންމެ ހައި ސްޕީޑް އިންޓަރނެޓް ކަމަށް ދިރާގުން ބުނެއެވެ. މި ޙިދުމަތް ދޭން ފަށާނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި، ލ.ގަން، ބ.އޭދަފުށި، އދ.ދަނގެތި އަދި ކުޅުދުއްފުށީގައެވެ. އެހެން ނަމަވެސް މިޙިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިއީ ދިރާގުން މިހާރު ފޯރުކޮށްދޭ 100 އެމްބީޕީއެސްގެ އިންޓަނެޓް ޚިދުމަތަށްވުރެ 10 ގުނަ އަވަސް ޚިދުމަތެކެވެ.

ޓެގު