English Edition
Dhivehi Edition

ވަކި ފަރުދެއްގެ އަބުރު ގެއްލޭ ފަދަ މައުލޫމާތެއް ހާމައެއް ނުކުރެއްވޭނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުން ވީ ވަރަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ހާމަކަމާއި ގުޅޭ ގޮތުން ރައްޔަތުންގެ ޝަކުވާއެއް ނެތްކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އަމިއްލަ ފަރުދުންގެ ޒާތީ މައުލޫމާތުތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތައް ވެސް ރައްކާކުރެވެން ޖެހޭނެކަމަށާއި އެ ދެ ކަންތައްތައް ރައްކާތެރި ކޮށްދިނުމަކީ ރައްޔިތުން އެދޭ ކަމެއްކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލުނު ޝައިމް އަބްދުﷲގެ މައުލޫމާތު ހާމަކޮށް ރާއްޖޭގެ މީޑިއާތަކުން ގެނެސްދިން ވާހަކަތަކާއި ގުޅިގެން ނަޝީދުވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. “މީޑިއާއި މެދު ވަރަށް ހިތްހަމަނުޖެހިފައި މިހުރީ. ކީއްކުރަންތޯ އެ ކުއްޖާގެ ނަމާއި ކުއްޖާގެ އެޑްރެހާއި ކުއްޖާގެ ވާހަކަތައް ތަކުރާރުކޮށް ހާމަކުރައްވަމުން ގެންދެވީ؟” ނަޝީދު ވިދާޅުވި އެވެ.މި ގޮތުން ނަޝީދު ވިދާޅުވެފައިވާއިރު ކުއްޖާއާއި ގުޅޭ މައުލޫމާތު އެންމެ ފުރަތަމަ މީޑިއާގައި ހިއްސާކުރެއްވީ ޖެންޑާ މިނިސްޓްރ ޝިދާތާ ޝަރީފްއެވެ.