ލަންޑަންގައި މާބަނޑު އަންހެނަކު މަރާލައިފި
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

މިދިޔަ ހޮނިހިރު  ދުވަހު މާބަޑު އަންހެނަކު ލަންޑަންގައި މަރާލުމާ އެކީ  މިއަހަރު މިހާތަނަށް އެގައުމުގައި ހިނގި މަރުގެ މައްސަލައިގެ އަދަދު 64 ކަށް އަރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު3:30 ހާއިރު އުމުރުން 26 އަހަރުގެ ކެލީމޭރީ ގެ ބަނޑަށް އަށް މަސް ވެފައި ވަނިކޮށް މަރާލި ކަމުގެ ތުހުމަތުގައި މިހާރުވަނީ 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. ކޭލީމޭރީ މަރަލާފައިވާކަމުގެ ހަބަރު ލިބުމާއެކު އެމަޖެންސީ ސަރވިސަސް އިންވަނީ އެގެއަށް ގޮސް އޭނަގެ ބަނޑުގައިވާ ދަރިފުޅު ސަލާމަތް ކޮށްފައެވެ. އެހެން ނަމަވެސް ތުއްތުކުއްޖާ ގެހާލު ސީރިއަސްކަމަށް ހޮސްޕިޓަލާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައި ވެއެވެ.

Advt

Advertisement

މިހާދިސާ ހިނގިގޭގެ އަވައްޓެރިއަކު ޑެއިލީ މެއިލް އާވާހަކަ ދައްކަމުން ބުނެފައިވަނީ، އެރޭ ދަންވަރު އެގެއިން ވަރަށް ބާރު އަޑުފަށް ގަނޑެއް އިވުނުކަމަށެވެ. އަދި އިރުކޮޅެއް ފަހުން ފުލުހުންނާއި އަވަސްފަރުވާދޭ މީހުން އައިތަން ފެނުނު ކަމަށާއި އަދި އެމީހުން އައިތަނުން އެގެއިން ދުވެފައި ބޭރަށް ނިކުތް އެހެން އަންހެނަކު ހޭނެތިގެން މަގުމައްޗަށް ވެއްޓުނު މަންޒަރުވެސް އޭނައަށް ފެނުނު ކަމަށެވެ.

ލަންޑަނުގައި މިއަހަރު މިހާތަނަށް 64 މަރުގެ މައްސަލަ ކުރިމަތި ވެފައިވާއިރު، ލަންޑަންގެ މޭޔާ ސާދިގް ޙާން އަށް އެމެރިކާގެ ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ކުރިއަރާފައިވާ ގައުމެއްގައި މިހާގިނަ މަރުގެ މައްސަލަތައް އައުމުން ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންޑަން ހަލާކުވަނީ މޭޔާ ސާދިގް ޙާން އާހެދިކަމަށާއި، އޭނަ އިސްތިއުފާދީފައި އާމޭޔާ އެއް މަގާމަށް ގެންނަން ޖެހޭ ކަމަށެވެ.

ތަހުޒީބު ގައުމުތަކާ އަޅާބަލާއިރު ލަންޑަނަކީ ވެސް  މީހުން މެރުގެ މައްސަލަތައް ގިނަ ގައުމެއްކަން ފާހަނގަކުރެ ވެއެވެ.