English Edition
Dhivehi Edition

ނޮވެމްބަރު 3 ވަނަ ދުވަހު ސިލޯނުގެ ހަނގުރާމަވެރިންނާއި އެކު މާލެ އަށް އަރައި 19 ދިވެހިންގެ ލޭ އޮހޮރުވާލި އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ މާލެ ގެނެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ދެއްވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އިރާދަކުރެއްވިއްޔާ ހާޖަރާގޭ ޢަބްދުﷲ ލުޠުފީ މާލެ ގެެނެވޭނެ. ރާއްޖެ ގެނެވޭނެ. ދެން އެހެން ނަމަވެސް ތިބޭފުޅުން ހަނދުމަފުޅު ބަހައްޓަވާތި، މީހަކު ރާއްޖޭން ބޭރަށް ގޮސް ފިލީމާ އެމީހަކު ގެނައުން އެއީ ދިވެހި ދައުލަތަށް ވަރަށް މަދުފަހަރެއްގައި ނޫނީ ނުކުރެވޭނެކަމެއް” ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ލުތުފީ ގެންނަން އުނދަގޫ ވެގެން އުޅެނީ ސިލޯނަކީ ޔޫއެންގެ އެތައް ޗާޓަރެއްގައި ސޮއިކޮށްފައިވާ ޤައުމަކަށް ވެފައި ލުތުފީ އަމިއްލައަށް ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގޮސް އަމާން ދިނުމުން ކަމަށެވެ.ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ލުޠުފީ ރާއްޖެ ގަނައުމަށް މި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.