English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ބާއީ ލުތުފީ ރާއްޖެ ގެނެއުމުގެ ފުރުސަތު ލިބިގެން ދިޔަކަން އެގެން އެބައޮތްކަމަށް ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ލަންކާގެ ހަނގުރާމަވެރިންނާއި އެކު އައިސް ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލި ލޭއޮހޮރުވުން ހިންގުމުގައި އިސް ރޯލެއް އަދާކުރި ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ގިނަ ދުވަސްތަކެއްވަންދެން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އުޅުނު މައްސަލަ ފެންމަތިވެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

މިއަދު މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އޭރު ލުތުފީ ހައްޔަރުކުރުމުގެ ހުއްދަ އެއް އެދުމުން އޭނާ މަރުވަންދެން ލަންކާގައި ބަހައްޓަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވާކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިމުނު އިރު ނުގެނެވުނު ލުތުފީ މަ ސަރުކާރުން ރާއްޖެ ގެންނާނެކަމަށެވެ.

މަހްލޫފްގެ މި ޓުވިޓަށް ޖަވާބުދެއްވަމުން އުމަރު ނަސީރު ވަނީ ވަޒީރުކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ އިތުރުފުޅު ނެހެދުމަށް މަހްލޫފަށް ގޮވާލާފައެވެ. އަދި ލުތުފީ އަވަހަށް ރާއްޖެ ގެނައުމަށްވެސް މަހްލޫފްވަނީ ގޮވާލާފައެވެ.

ބާޣީ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގާއި ހުރިކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެވެ. މި ވާހަކަތަކާއި އެކު މީސްމީޑިޔާގައި ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވާން ފެށުމުންފުލުުހުން ބުނީ 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެކި އުޒުރުތައް ދައްކާ މިއަދާއި ހަމައަށް ވެސް ފުލުހުންނަކަށް ލުތުފީ ރާއްޖެ ގެނެވިފައެއް ނުވެއެވެ.