English Edition
Dhivehi Edition

ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ބްރެޒިލްއާއި އާޖެންޓީނާ ތައްޔާރުވަމުން ދާއިރު ފަހު މެޗުގައި ބްރެޒިލް ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

އާޖެންޓީނާ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި 2-0 އިން ވެނެޒުއޭލާ ބަލިކުުރުމަށް ފަހު އެވެ. ބްރެޒިލް މުބާރާތުގެ ސެމީން ފުރުސަތު ހޯދީ ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ ބަލިކޮށެވެ.

ކޮޕާ އެމެރިކާގައި އެންމެ ފަހުން އާޖެންޓީނާ އާއި ބްރެޒިލް ކުޅުނީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ. ރޭގެ މެޗަށް ފަހު މެސީ ބުނީ އަންގާރަ ދުވަހު ބްރެޒިލާ ދެކޮޅަށް ސެމީ އަށް ނުކުންނައިރު ފޭވަރިޓެއް ނޯންނާނެ ކަމަށެވެ.