English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ހުޅުދޫސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް އިއްޔެ ހަވީރު ، އެ ސްކޫލްގެ ފުޓްބޯޅަ ދަނޑުގައި ބާއްވައިފިއެވެ.

3 އުމުރު ފުރާއަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައިވަނީ ޗެމްޕިއަން ޓީމަށާއި ރަނާރ އަޕް ޓީމަށް އަދި އެކިއެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި މެޑަލް ހަވާލުކޮށްފައެވެ.

12 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކަށް ޝީބްލީ ހައުސް ހޮވިފައިވާއިރު، އެ އުމުރުފުރާގެ ރަނަރ އަޕް ޓީމްގެ މަޤާމް ހޯދާފައިވަނީ އެދުރު ހައުސްއެވެ.

10 އަހަރުން ދަށުގެ ޗެމްޕިއަން ޓިމަކަށް އެދުރު ހައުސް ހޮވުނުއިރު، މި އުމުރުފުރާގެ ރަނަރއަޕް ޓިމަކަށް ހޮވިފައިވަނީ ބާރީ އައުސްއެވެ.

މި މުބާރާތުގެ 7 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަކީ ޝިބްލީހައުސްއެވެ. މި އުމުރުފުރާގެ ރަނަރ އަޕް ޓީމަކަށް ހޮވިފައިވަނީ ބާރީ ހައުސްއެވެ.

12 އަހަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ކީޕާރގެ މަޤާމު ޝިބްލީހައުސްގެ އިބްރާހިމް މާޒު މޫސާ ހޯދިއިރު މި އުމުރު ފުރާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް 2 ކުޅުންތެރިން ވަނީ ހޮވިފައިވެއެވެ. އެއީ ޝިބްލީހައުސްގެ ދެކުޅުންތެރިން ކަމަށްވާ މުހައްމަދު ޔަޒާން ނާސިރާއި މާއިޒު މުޖުތަބާ މުހައްމަދު ދިދީ އެވެ.

މީގެއިތުރުން 10 އަހަރުން ދަށުގެ އުމުރު ފުރާގެ ބައިން އެންމެ މޮޅު ކީޕަރަކަށް އެދުރުހައުސްގެ މުހައްމަދު ޒާން ޒަމީލް ވަނީހޮވިފައެވެ. މި އުމުރުފުރާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެދުރުހައުސްގެ އަލްހާން ހަފްސަންއެވެ.

މި މުބާރާތުގެ މައިގަޑު މަޤުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްބޯޅައިގެ ހުނަރު އިތުރުކުރުން ކަމަށް ސްކޫލްގެ މެނޭޖްމަންޓުން ހާމަ ކުރަށްވައެވެ.

މި މުބާރާތަކީ ، ކޮންމެ އަހަރަކުވެސް ސްކޫލްގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް މުބާރާތްކަން ފާހަނގަ ކޮށްލެވެއެވެ.