English Edition
Dhivehi Edition

އަވައްޓެރި ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމައި އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒް ކުރީ މީގެ 43 އަހަރު ކުރިން ނެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަން ނިންމާ އެކަން އިއުލާން ކުރީ އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެވެ.އެގޮތުން ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިރިސޭނާ ވިދާޅުވީ ހަތަރު ގައިދީއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކޮށްފައިވާނެ ކަމަށެވެ.

“އެ ހުކުމް ވަރަށް އަވަހަށް ތަންފީޒު ވެގެންދާނެ. އެގޮތުން ތާރީހުތައް ވެސް މިހާރު ވަނީ ކަނޑައަޅާފައި” ސިރިސޭނާ ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާފައިވާ ހަތަރު ގައިދީއެއްގެ މައްޗަށެވެ.