English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެފިރިހެނެކެވެ. މިމައްސަލާގައި ހިމެނޭމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވާއިރު މިހަތަރު މީހުންނަކީވެސް ދިވެހިންކަމަސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ޖޫން 23 ވަނަ ދުވަހުގެރޭ 20:00 ހާއިރު ފުލުހުން ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށް މިމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 104 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުންވިދާޅުވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 20 އަހަރުގެ އަންހެންމީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ވަނީދީފައިވެއެވެ. އަދި 27 އަހަރުގެ މީހާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން 15 ދުވަހު ޖަލުގައި ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.