English Edition
Dhivehi Edition

ލިޔުނީ: ހިޒްޔަމް ހާމިދު/ ސ.އަތޮޅު މަދުރަސާ.

22ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އިއްޔެ ސ.އަތޮޅު ސްކޫލް ކުޅުނު ފަހު މެޗް، އެ ސްކޫލުން ކާމިޔާބުކޮށްފިއެވެ.

މި މެޗް ސ.އަތޮޅު ސްކޫލުން ކާމިޔާބުކުރީ 31-15 ގެ ބޮޑު ތަފާތަކުންނެވެ. މެޗްގެ ކުއީން އޮފް ދަ މެޗަކަށް ސ.އަތޮޅު ސްކޫލް ޓީމްގެ ކެޕްޓަން ހައްވާ މައިސާ ހޮވިފައިވާއިރު، މައިސާއަކީ ޓީމްގެ ކެޕްޓަންވެސްމެއެވެ.

މެޗުގެ ހުރިހާ ކުއާޓާއެއްގައިވެސް ސ.އަތޮޅު ސްކޫލުން ލީޑު ދަމަހައްޓައި، ވަރުގަދަ ކުޅުމެެއް ދެއްކިއެވެ. ހަމައެހެންމެ ޓީމުގެ ކުޅުންތެރިން ރަނގަޅު އެއްބައިވަންތަކަމެއް ދައްކައި، މެޗު ކާމިޔާބުކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރިއެވެ.

މި މުބާރާތުގައި ސ.އަތޮޅު ސްކޫލް މީގެ ކުރިން ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. އެއީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ދެކޮޅަށް ކުޅުނު ދެ މެޗެވެ.

މެޗް ނިންމާލުމަށްފަހު އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސ.އަތޮޅު ސްކޫލް ޓީމްގެ މެނޭޖަރ ފާތިމަތު ސައުނާ ވިދާޅުވީ މިއީ މި ދަރިވަރުންނަށް ލިބުނު އައު ތަޖުރިބާއެއް ކަމަށާއި ދެން ފަހަރަކު މުބާރާތް ކާމިޔާބު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ.

ސ.އަތޮޅު ސްކޫލަކީ މިދިޔަ އަހަރު އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްކޫލެވެ.

މިއަހަރު މި ޓީމްގެ ކޯޗަކީ ހަސަން ނިޒާރެވެ. މި ދަރިވަރުން މިމަހުގެ 26ވަނަ ދުވަހު ރަށަށް އައުމަށްވަނީ ހަމަޖެހިފައެވެ.