English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ހުޅުދޫސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ، އެ ސްކޫލްގެ ފުޓްބޯޅަ ދަޑުގައި ފަށައިފިއެވެ.

މިސްކޫލްގެ 3 ހައުސްގެ މެދުގައި ކުރިއަށް ދާ މި މުބާރާތް 4 ދުވަހަށް ދެމިގެންދާނެ ކަމަށް ސްކޫލްގެ ލީޑިންގ ޓީޗަރ ތަވީލް ޢަބްދުލް މުހްސިން ވިދާޅުވިއެވެ.

ސްކޫލްގެ ހުރިހާ ފިރިހެން ދަރިވަރުންނަށް އަމާޒުކުރެވިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 7 އަހަރުން ދަށް ، 9 އަހަރުންދަށް އަދި 12 އަހަރުން ދަށުގެ 9 ޓީމް ވާދަ ކުރާނެއެވެ.

މި މުބާރާތުގެ މައިގަޑު މަޤުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްބޯޅައިގެ ހުނަރު އިތުރުކުރުން ކަމަށް ސްކޫލްގެ މެނޭޖްމަންޓުން ހާމަ ކުރަށްވައެވެ.

މި މުބާރާތަކީ ، މި ސްކޫލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވަރަށް ފޯރިގަދަ މުބާރާތެކަން ފާހަގަ ކޮށްލެވެއެވެ.