English Edition
Dhivehi Edition

އީސްޓާ ސަންޑޭ އާއި ދިމާކޮށް އަވައްޓެރި ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުން ގެންދާއިރު ލަންކާގައި ވިސާނެތި ދިރިއުޅޭ ހުރިހާ އެންމެން ޑީޕޯޓު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ބުނެފިއެވެ.

ސްރީ ލަންކާގައި ވިސާ ނެތި 8،000 ވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށާއި، އެ އެންމެން ޑީޕޯޓް ކުރަން ތައްޔާރުވަމުންދާ ކަމަށް ބުނެފައިވާއިރު އޭގެ ތެރޭގައި 291 ދިވެހިން ހިމެނޭ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

އޭގެ އިތުރުން އިންޑިއާގެ 1,680 މީހުން، ޕާކިސްތާނުގެ 936 މީހުން އަދި ޗައިނާގެ 683 މީހުންގެ އިތުރުން ނެދަލޭންޑްސްގެ 541 މީހުން ލަންކާގައި ވިސާ ނެތި އުޅެމުން އަނަން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭގެ އިތުރުން ދެން އެންމެ ގިނައިން ވިސާ ނެތި ލަންކާގައި އުޅެނީ ދިވެހިންނެނެވެ.