English Edition
Dhivehi Edition

ޖަލުގައި ނުބައި ގައިދީންނާއި ނުބައި ކަރެކްޝަނަލްސާވިސް އޮފިސަރުން ވެސް އުޅެކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

މަހްލޫފްގެ ޓުވީޓުގައި ވިދާޅުވީ ޖަލުގައި ނުބައި ގައިދީންނާއި ނުބައި ކަރެކްޝަނަލް ސާވިސް ގެ އޮފިސަރުން އުޅޭ ކަމަށާއި ވެގެން އުޅޭ ގޮތް އިނގޭނީ ތަހުގީގު ކުރުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ގައިދީއަކު ހަމަލާދީ ހިންގި ހަމަނުޖެހުމާ ގުޅިގެން ކުށްވެރި ވަނީ ގައިދީން ނުވަތަ ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރުންތޯ ބެލުމަށް މި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ޖަލުގައި ހިނގާފައިވާ ހަމަނުޖެހުމުގެ އަސްލު އެނގޭނީ ތަހުގީގު ކުރުމުން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ “ގަދަ ކަމަކީ” އެފަދަ ކަންކަން ސިއްރުނުކޮށް ބަލަން ފަސްނުޖެހުން ކަަމަށް މަހްލޫފް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހަމަލާ ދީފައި ވާކަމަށް ކަރެކްޝަންސް އިން ބުނެެފައި ވެއެވެ. މި ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާދީފައި ވަނީ ގައިދީއަކު އިސްވެ ހުރެގެން ކަމަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވެސް ވަނީ މިއަދު ޖަލަށް ޒިޔާރަތް ކުރަށްވާފައެވެ.

ހޯމް މިނިސްޓްރީ އިން ބުނީ މި ދަތުރުގައިި ޖަލުގެ ހާލު ދެނެގަނެ، ހަމަނުޖެހުމުގައި ކަންކަން ހިނގާދިޔަގޮތް މިނިސްޓަރ ބައްލަވާނެ ކަމަށެވެ. އެގޮތުން މިނިސްޓާ އަންނަނީ ޖަލުގެ އިސް އޮފިސަރުންނާ ބައްދަލުކުރަމުންނެވެ.