English Edition
Dhivehi Edition

މާލެއާއި ވިލިމާލެ ބުރިޖު އަޅަން ކުރިންވެސް ސާވޭ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ އީއެ ނިމިގެން ދިޔަ ޕާޓްނާޝިޕް ފޯރަމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮންލައިން ނޫސް “އަވަސް” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ބްރިޖު އަޅަން ކުރިން ވެސް ސާވޭ ކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކޮން އިރަކު ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
“ކުރިން ވެސް އެބަހުރި ސާވޭ ކޮށްފައި. އެ ސާވޭތަކާއި އަޅުގަނޑުމެންގެ ޓެކްނިކަލް އެކްސްޕާޓުންނާއި ގުޅިގެން ކުރި މަސައްކަތުން ނެރެވިފައިވާ އަދަދެއް [488 މިލިއަން ޑޮލަރު] އަކީ،” އަމީރު ވިދާޅުވި އެވެ.

ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ވަނީ މާލެ- ވިލިމާލެ އަދި ގުޅީފަޅު ބްރިޖަކުން ގުޅާލައި ވިޔަފާރި ބަނދަރުގެ މަޝްރޫއު ފަށަން ބޭނުންވާ ފައިސާ ހޯދަން ހުށަހެޅި އެވެ. މިކަމަށް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ހޯދަން ހުށަހެޅި އެވެ.