English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣައްފޫރު މިއަދު އެކަމަނާ ހުންނެވި ވަޒީފާއިން ދުރުކޮށްފި އެވެ.

ޣާނިޔާ ވަޒީފާއިން ދުރުކުރި އިރު އެކަމާ ފުރުއްވަމުން ގެންދެވީ މެލޭޝިއާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ މަގާމުގައެވެ.

އޮންލައިން ނޫސް “ވަގުތު” ގައި ބުނެފައި ވަނީ ޣާނިޔާ ޑެޕިއުޓީ އެމްބެސެޑަރު ކަމުން ވަކިކުރީ މިއަދު ކަމަށެވެ.

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމަށް ޣާނިޔާ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. ޣާނިޔާ އަކީ ޤާނޫނީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޤާނޫނީ ވަކީލެކެވެ.